ރީތިމާ ރަކްޔަން
ވީޕީ، ފްރެންޗައިޒް އޮޕަރޭޝަންސް – އެސްޑަބްލިޔުއޭ ކޮކާ-ކޯލާ އިންޑިއާ އަދި ދެކުނު ހުޅަނގު އޭޝިއާ
ރީތިމާ ރާކްޔަން އަކީ ކޮކާ-ކޯލާއިން ދެކުނު ހުޅަނގު އޭޝިއާ (އެސްޑަބްލިއުއޭ) ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސްއެވެ. މިހާރު އަދާކުރާ ދައުރުގައި ބަންގްލަދޭޝް، ނޭޕާލް، ރާއްޖެ، ލަންކާ އަދި ބޫޓާން ފަދަ އެސްޑަބްލިއުއޭ ގައުމުތަކުގެ ފްރެންޗައިޒް އޮޕަރޭޝަންތައް ލީޑް ކުރައްވައެވެ.
އޭނާ އަކީ 2013 ވަނަ އަހަރުން ފެށިގެން އެ ކުންފުންޏާ ގުޅުން ހުރި ބޭފުޅެކެވެ.
ކެރިއަރުގެ އަށް އަހަރު ދަ ކޮކާ-ކޯލާ ކޮމްޕެނީގައި ހޭދަކުރައްވާފައި ވާއިރު، ރީތީމާ އޭނާގެ ދަތުރު ފެއްޓެވީ ރީޖަން މާކެޓިން މެނޭޖަރެއްގެ ގޮތުގައި، އިންޑިއާގެ ދެކުނާއި މެދުތެރޭގެ ސަރަހައްދުތަކަށް ކޮކާ-ކޯލާ އިންޑިއާ އާއި އެ ކުންފުނިން ހިންގާ ބޮޓްލިން އޯގަނައިޒޭޝަންގެ މުހިންމު ގުޅުމެއްގެ ގޮތުގައި ޓީމުތައް ލީޑް ކުރެއްވުމުގެ ޒިންމާއާ އެކުއެވެ..
ކޮކާ-ކޯލާ އިންޑިއާ ބިޒްނަސް ޔުނިޓާއެކު ހޭދަކުރެއްވި ހަތް އަހަރުގެ މުއްދަތެއްގެ ތެރޭގައި، އެތައް ފުރުސަތަކާއި ތަޖުރިބާތަކެއް އޭނާއާ ޙަވާލުކޮށްފައިވެއެވެ. ދެކުނު އަދި ހުޅަނގު އިންޑިއާގެ ބިގް މާކެޓްތަކަށް އެހީތެރިކަން ދެއްވައި ސަރަހައްދީ މާކެޓިން މެނޭޖަރެއްގެ ގޮތުން ފެށިގެން ގައުމީ ކަސްޓަމަރ ވިޔަފާރި ލީޑްކޮށް ކުންފުނީގެ އިންކިއުބޭޝަން ބިޒްނަސް މޮޑެލްގެ އިސްވެރިއަކަށް ވުމެވެ.
އެޓްލާންޓާގައި ކުރިއަށްދާ ވިމެން އިން ލީޑަޝިޕް ޕްރޮގްރާމަށް އިންޑިއާއިން ނޮމިނޭޓްވިއެވެ.
މީގެ އިތުރުން، އޭޕެކްގެ ޓެލެންޓް ޕްރޮގްރާމްގައި ހިމެނި، އިންސްވާ ޑައިވަރސިޓީ އެންޑް އިންކްލޫޝަން ކައުންސިލްގެ މެމްބަރެއްގެ އިތުރުން، އޭޕެކްގެ ޑައިވަރސިޓީ އެސޯސިއޭޓްސް މެންޓަރޝިޕް ޕްރޮގްރާމްގެ މެންބަރެއްގެ ގޮތުގައި، ބިގްގެ އެކުވެރިންނާ އެކު ބޮޓްލިންގ ބިޒްނަސް ސްކޫލް ޕްރޮގްރާމަށް ނޮމިނޭޓްވެ އަދި ބިޒްނަސް ޔުނިޓް ޕްރެޒިޑެންޓް އެވޯޑް ފޯ އަބޯވް އެންޑް ބިއޮންޑް ޕީޕަލް މެނޭޖަރ ލިބިވަޑައިގެންނެވިއެވެ.
އޭނާގެ ލީޑަޝިޕް ދަތުރު ފެށުނީ 2018 ވަނަ އަހަރު އިންޑިއާ ނިޒާމުގައި ޕިރަމިޑްގެ ތިރިއަށް އަގުހެޔޮ ބުއިންތަކުގެ ޕޯޓްފޯލިއޯއެއް ތަރައްގީ ކުރުމަށް، ޒަމާނީ ވިޔަފާރީގެ މޮޑެލްއެއް ބިނާކުރުމުގެ މަސްއޫލިޔަތާއި އެކީގައެވެ.
މި ޕޯޓްފޯލިއޯގައި ޖޫސްތަކާއި، ކަރުހިއްކުން ފިލުވާލުމަށް ބޭނުންކުރެވޭނެ ތަފާތު ގޮތްތަކާއި، ކިރުގެ ބާވަތްތައް ފަދަ އުފެއްދުންތައް ހިމެނެއެވެ. މުޅި ޤައުމުގައި ޓޯލް މެނުފެކްޗަރުންނާއި ޑިސްޓްރިބިއުޝަން ޕާޓްނަރުންގެ ނެޓްވޯކެއް އުފެއްދުމާއި އެކު، މުހިންމު މާކެޓްތަކުގައި ކޮންސިއުމަރ ޓަޗްޕޮއިންޓްތައް ބިނާކުރުމުން ފެށިގެން މީޑިއާ އިންވެސްޓްމަންޓްތަކާއި އޮން ގްރައުންޑް އެކްޓިވޭޝަން މެދުވެރިކޮށް ބްރޭންޑާ ގުޅޭ ހޭލުންތެރިކަމާއި ޓްރައިލްތައް ކުރިއެރުވުމާ ހަމައަށް ގޯ-ޓު-މާކެޓް ސްޓްރެޓެޖީ އުފެއްދުމާއި ތަންފީޒުކުރުން ހިމެނެއެވެ.
އެއަށްފަހު 2015 ވަނަ އަހަރު ކޮކާ-ކޯލާ އިންޑިއާގެ ޑިރެކްޓަރ އޮފް ނޭޝަނަލް ކީ އެކައުންޓްސްގެ މަގާމާ ހަވާލުވެވަޑައިގެން، ކަސްޓަމަރުންނާއެކު އާމްދަނީ އާއި ހިއްސާ އާއި ފައިދާ ތަރައްޤީކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރެއްވިއެވެ.
އަދި ކުންފުންޏަށް އޭނާގެ ހުރި ވަފާތެރިކަމުގެ ސަބަބުން ޑިރެކްޓަރ – އަލްޓަނޭޓް ރެވިއު ޗެނަލްގެ ދައުރާއި، ނައިބު ރައީސް – ކަސްޓަމަރ އެންޑް އަލްޓަނޭޓް ރެވިއު ސްޓްރީމްސްގެ މަގާމު އޭނާ އެކުއެކީ އަދާކުރެއްވިއެވެ. އެ މަގާމުތަކުގައި، އެތެރެ އާއި ބޭރުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ހިމެނޭ މަގުޗާޓެއް އެކުލަވާލުމުގައި ވެސް މުހިންމު ދައުރެއް އަދާކުރެއްވިއެވެ .
އަށާރަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ރީޓިމާ ޕީޕަލް ޑިވެލޮޕްމަންޓާއި ޕާޓްނަރ މެނޭޖްމަންޓާއި ޗެނަލް މާކެޓިން ފަދަ ފަންކްޝަންތަކުގެ ތަޖުރިބާއާއި ސީޕީޖީ/އެފްއެމްސީޖީ، ބޭންކިން އަދި ރީޓެއިލް ދާއިރާގައި މަސައްކަތްކުރާ ފަންކްޝަންތަކުގެ ތަޖުރިބާ ގެނެސްދެއެވެ.
ކޮކާ-ކޯލާގައި މަސައްކަތް ކުރުމުގެ ކުރިން ރީތިމާ ވަނީ މާރިކޯ، ސިޓީބެންކް، އަދި ޕިޑިލައިޓް ފަދަ މަޝްހޫރު ކުންފުނިތަކާ އެކު މަސައްކަތް ކުރައްވާފައެވެ.
ސިމްބައޮސިސް އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް ބިޒްނަސް އިން އޭނާ އެމްބީއޭ ހާސިލް ކުރައްވާފައިވާ އިރު، ސިމްބައޮސިސް ކޮލެޖް އޮފް ކޮމާސް އިން އޭނާ ވަނީ ބެޗްލަރސް ޑިގްރީ ހާސިލް ކުރައްވާފައެވެ.
އޭނާގެ ޝައުގުވެރިކަމުގެ ތެރޭގައި ދަތުރުފަތުރު، ފެތުން، ސްޕްނިންގ، ބައިސްކަލް ދުއްވުން، އެޑްވެންޗާ ސްޕޯޓްސް – ސްކައި ޑައިވިން، ސްކޫބާ ޑައިވިން، ޖެޓް ސްކީ، ސްނޯމޮބައިލިން ހިމެނެ އެވެ.