ކޮކާ ކޯލާގެ ކޮންސިއުމަރ ޕްރައިވެސީ ޕޮލިސީ އަށް މަރުޙަބާ

ކޮކާ ކޯލާ ކުންފުންޏާއި، އެ ކުންފުންޏާ ގުޅިފައިވާ ފަރާތްތައް (އެކީ, ކޮކާ ކޯލާ ނުވަތަ އަޅުގަނޑުމެން) ތިބާގެ ޕްރައިވެސީ ޙައްޤު ސީރިޔަސްކޮށް ނަގަމެވެ.  ތިބާގެ ޒާތީ މަޢުލޫމާތާ އެކު ތިބާ އަޅުގަނޑުމެންނަށް ކުރާ އިތުބާރަށް އަޅުގަނޑުމެން އިޙްތިރާމްކުރަމެވެ. އަދި ތިބާގރ ޕްރައިވަސީ އަށް އިޙްތިރާމްކުރުމަކީ، އަޅުގަނޑުމެން ތިބާއާ އެކު ކުރާ މުޢާމަލާތްތަކުގެ ނާރެހެވެ.  

ކޮކާ ކޯލާ އިން ޒާތީ މަޢުލޫމާތު ގެންގުޅުން ކުރިޔަށް ދަނީ މި އަސާސްތަކުންނެވެ.

  •  ދެފުށް ފެނުން
  •  އިޙްތިރާމް
  •  އިތުބާރު
  • ހަމަހަމ

ޢަމަލުކުރަން ފަށާ ތާރީޚު: 12.09.2024

ކޮކާ ކޯލާގެ ކޮންސިއުމަރ ޕްރައިވެސީ ޕޮލިސީ (ޕްރައިވެސީ ޕޮލިސީ) ސިފަކޮށްދެނީ ކޮކާ ކޯލާއިން އެއްކުރާ ޒާތީ މަޢުލޫމާތާއި ވެބްސައިޓްތައް ބޭނުންކުރާ މީހުންނާއި މޯބައިލް އެޕްލިކޭޝަންތަކާއި (އެޕްތަކާއި), ކޮކާ ކޯލާއިން އޮޕަރޭޓްކުރާ ވިޖެޓްތަކާއި، އެހެނިހެން އޮންލައިން އަދި އޮފްލައިން ޚިދުމަތްތަކާ އެއްކޮށް ޚީދުމަތްތަކާއި) އަޅުގަނޑުމެން އެ ޒާތީ މަޢުލޫމާތު ބޭނުންކޮށް، ރައްކާތެރިކުރާ ގޮތެވެ. ބޭނުންކުރާ މީހުން އެބައިމީހުންގެ ޒާތީ މަޢުލޫމާތާ ބެހޭގޮތުން ކަންކުރަންވާ ގޮތް ވެސް މި ޕްރައިވެސީ ޕޮލިސީ އިން އޮޅުންފިލުވައިދެއެވެ. 

އަޅުގަނޑުމެން ޙަވާލާދޭ އިރު ޒާތީ މަޢުލޫމާތު (ބައެއް ޤާނޫނުތަކުގެ ދަށުން ބައެއް ފަހަރު ޙަވާލާދެވެނީ ޒާތީ ޑޭޓާ) މި ޕްރައިވެސީ ޕޮލިސީ ގައި، އަޅުގަނޑުމެން މި މާނަކުރަނީ ފަރުދީ އިންސާނެއް ވަކިކޮށް ދެނެގަންނަ ނުވަތަ ދެނެގަތުމަށް ޓަކައި ބޭނުންކުރެވިދާނެ މަޢުލޫމާތެވެ.  މީގެ މާނައަކީ، ޒާތީ މަޢުލޫމާތުގައި ހިމެނެނީ (ނަން ފަދަ) މީހުން ވަކިކޮށްދޭ ސީދާ މަޢުލޫމާތާއި، (ކޮމްޕިއުޓަރ ނުވަތަ މޯބައިލް އާލާތުގެ އައިޑީ އަދި އައިޕީ އެޑްރެސް) ފަދަ ވަކިކޮށްދޭ ނުސީދާ މަޢުލޫމާތެވެ. އަޅުގަނޑުމެން ޙަވާލާދެނީ ތިބާ ނުވަތަ ބޭނުންކުރާ މީހާ, އަޅުގަނޑުމެން މާނަކުރަނީ އެއިން އެއްވެސް ޚިދުމަތެއް ބޭނުންކުރާ މީހަކަށެވެ. އަޅުގަނޑުމެން ޙަވާލާދޭ އިރު ކޮންޓްރޯލަރ, އަޅުގަނޑުމެން މާނަކުރަނީ ތިބާއާ ބެހޭގޮތުން ނުވަތަ ތިބާގެ ފަރާތުން އެއްކުރެވެނީ ކޮން ޒާތީ މަޢުލޫމާތެއް ކަމާއި، އެ ޒާތީ މަޢުލޫމާތު ބޭނުންކުރެވޭ ގޮތާއި ރައްކާތެރިކުރާނެ ގޮތް ކަނޑައަޅާ މީހާ ނުވަތަ ތަނެވެ.   

އަޅުގަނޑުމެން ތިބާގެ ޒާތީ މަޢުލޫމާތުތައް އެއްކޮށް ރައްކާތެރިކުން އޮންނާނީ އަޅުގަނޑުމެން އޮޕަރޭޓްކުރާ ތަންތަނުގައި ހުންނަ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މީގެ މާނައަކީ، އެކި ތަންތަކުގައި އަޅުގަނޑުމެން ކަންކުރާ ގޮތްތައް ތަފާތުވެދާނެ ވާހަކައެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބައްލަވާނީ ޕްރައިވެސީ ޙައްޤުތަކާއި، އިޚްތިޔާރުތަކަށެވެ., އޭގެ ތެރޭގައި ހިމެނެނީ، ތިބާގެ ޙައްޤުތަކުގެ އިތުރު ސިފަކުރުންތަކާއި، ވަކި ޤާނޫނީ ސަރަޙައްދެއްގައި އަޅުގަނޑުމެންގެ ޒިއްމާތަކާއި، ގުޅާނެ ފަރާތެކެވެ. 

ކޮކާ ކޯލާ އިން ތިބާގެ ޒާތީ މަޢުމުމާތު ބޭނުންކުރާ ގޮތާ މެދު ސުވާލުތަކެއް ހުރި ނަމަ މުވާޞަލާތުކުރައްވާނީ PRIVACY@COCA-COLA.COM.

ޕްރައިވެސީ ޕޮލިސީ ގައި ވަނީ ކޮންއެއްޗެއް؟

މި ޕްރައިވެސީ ޕޮލިސީ ބަހާލެވިފައިވަނީ ތިރީގައިވާ ބައިތަކަށެވެ:

1. މި ޕްރައިވެސީ ޕޮލިސީ ޢަމަލުކުރާނީ ކޮން އިރަކުން ހެއްޔެވެ؟ 

2. މި ޕްރައިވެސީ ޕޮލިސީ ހިނގާނީ ކޮން ތާކު ހެއްޔެވެ؟ 

3. ކޮކާ ކޯލާއިން އެއްކުރަނީ ކޮން ވައްތަރުތަކެއް މަޢުލޫމާތުތަކެއް ކީއްކުރަން ހެއްޔެވެ؟

4. ކޮކާ ކޯލާ އިން ޒާތީ މަޢުލޫމާތު ބޭނުންކުރަނީ ކިހިނެއް ހެއްޔެވެ؟ 

5. ކޮކާ ކޯލާ އިން ކުކީސް ބޭނުންކުރޭ ހެއްޔެވެ؟ 

6. ކޮކާ ކޯލާ އިން ޒާތީ މަޢުލޫމާތު ޙިއްޞާކުރަނީ ކިހިނެއް ހެއްޔެވެ؟ 

7. ކޮކާ ކޯލާ އިން ޒާތީ މަޢުލޫމާތު ރައްކާތެރިކުރަނީ ކިހިނެއް ހެއްޔެވެ؟ 

8. ކޮކާ ކޯލާ އިން ޒާތީ މަޢުލޫމާތު ބަހައްޓަނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ 

9. ޒާތީ މަޢުލޫމާތަށް ލިބިގެންވަނީ ކޮން އިޚްތިޔާރުތަކެއް ހެއްޔެވެ؟ 

10. ކޮކާ ކޯލާ އިން ކުޑަކުދިންގެ ޕްރައިވެސީ ރައްކާތެރިކުރަނީ ކިހިނެއް ހެއްޔެވެ؟ 

11. ކޮކާ ކޯލާ އިން ޒާތީ މަޢުލޫމާތު އެހެން ޤައުމުތަކަށް ޓްރާންސްފަރކުރޭ ހެއްޔެވެ؟ 

12. މި ޕްރައިވެސީ ޕޮލިސީ ބަދަލުވީ ކޮން އިރަކު ހެއްޔެވެ؟ 

1. މި ޕްރައިވެސީ ޕޮލިސީ ޢަމަލުކުރާނީ ކޮން އިރަކުން ހެއްޔެވެ؟

މި ޕްރައިވެސީ ޕޮލިސީ ވެބްސައިޓަށް ލެވިފައިވަނީ އަދި ހިނގަނީ އާ ބޭނުންކުރާ މީހުންނަށް ގައި 12.09.2024. 

ކޮކާ ކޯލާ ގެ ޕްރައިވެސީ ޕޮލިސީތަކުގެ ކުރީގެ ވާޝަންތައް ހިނގަނީ  22.09.2024 އަދި ލިބެން ހުންނާނީ ރިކުއެސްޓް ފޮނުވުމުން privacy@coca-cola.com.

2. މި ޕްރައިވެސީ ޕޮލިސީ ހިނގާނީ ކޮން ތާކު ހެއްޔެވެ؟

ޕްރައިވެސީ ޕޮލިސީ އަށް ޢަމަލުކުރާނީ، ޕްރައިވެސީ ޕޮލިސީ ވެބްސައިޓަށް ލެވޭ ނުވަތަ ލިންކުކުރެވޭ ޚިދުމަތްތައް ބޭނުންކުރާ މީހުންގެ ފަރާތުން އެއްކުރެވޭ ޒާތީ މަޢުލޫމާތަށާއި، ޚިދުމަތްތަކުގައި ޕްރައިވެސީ ޕޮލިސީ ވަކިން ޚާއްޞަކޮށް ޙަވާލާދީފައިވާ ހިނދު ނުވަތަ ކޮކާ ކޯލާ އިން ތިބާގެ ފަރާތުން އެ ޕޮލިސީ ޤަބޫލުކުރުމަށް އެދޭ ހިނދުއެވެ. އަހަރެމެންނާ އީމެއިލާއި، ފޯނާއި، ސީދާ ބައްދަލުވާ އިވެންޓަކުން ފަދަ އޮފްލައިންކޮށް އަހަރެމެން އެއްކުރާ ޒާތީ މަޢުލޫމާތު މި ޕްރައިވެސީ ޕޮލިސީ އިން ކަވަރުކުރާނެ އެވެ. 

ސޯޝަލް މީޑިޔާ މެޑިޕާ މެދުވެރިކޮށް އަޅުގަނޑުމެންނާ ބައްދަލުވާ ކޮންސިއުމަރުން ފޯރުކޮށްދޭ ޒާތީ މަޢުލޫމާތަށް ވެސް މި ޕްރައިވެސީ ޕޮލިސީ ހިނގާފާނެ އެވެ. އަޅުގަނޑުމެންނާ ގުޅުއްވާނީprivacy@coca-cola.com މި ޕްރައިވެސީ ޕޮލިސީ، ސޯޝަލް މީޑިޔާއާ ގުޅިފައިވާ ވަކި ޚާއްޞަ ޒާތީ މަޢުލޫމާތަކަށް ހިނގާނެ ކަމާ މެދު ތިބާގެ އެއްވެސް ސުވާލުތަކެއް އޮތް ނަމަ އެވެ. 

މި ޕްރައިވެސީ ޕޮލިސީ އިން، އެހެން އިދާރާތަކުން އޮޕަރޭޓްކުރާ ވެބްސައިޓްތަކާއި، އޮންލައިން ޚިދުމަތްތަކަކަށް ނުހިނގާނެ އެވެ. އެފަދަ އެހެން ވެބްސައިޓްތަކާއި ޚިދުމަތްތަކުން ތަބާވާނީ އެ މީހުންގެ އަމިއްލަ ޕްރައިވެސީ ޕޮލިސީތަކަށެވެ. މިމި ޕްރައިވެސީ ޕޮލިސީއަކަށް ނޫނެވެ. ތިބާގެ މަޢުލޫމާތު ބެލެހެއްޓޭ ގޮތް އެނގުމަށް ޓަކައި، އެ ޕްރައިވެސީ ޕޮލިސީތައް ޗެކްކުރައްވާކަން ޔަޤީންކުރައްވާށެވެ.

3. ކޮކާ ކޯލާއިން އެއްކުރަނީ ކޮން ވައްތަރުތަކެއް މަޢުލޫމާތުތަކެއް ކީއްކުރަން ހެއްޔެވެ؟

ހ. ތިބާ އަޅުގަނޑުމެންނަށް ދެއްވުމަށް އިޚްތިޔާރުކުރެއްވި މަޢުލޫމާތު

އަޅުގަނޑުމެން އެއްކުރަނީ، ތިބާ އަޅުގަނޑުމެންނާ ޙިއްޞާކުރެއްވުމަށް އިޚްތިޔާރުކުރެއްވި ޒާތީ މަޢުލޫމާތެވެ. 

ތިބާ އަޅުގަނޑުމެންނަށް ދެއްވުމަށް އިޚްތިޔާރުކުރެއްވި ޒާތީ މަޢުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ ތިރީގައި ވާ ވައްތަރުތަކުގެ ޒާތީ މަޢުލޫމާތެވެ. ކޮކާ ކޯލާ އިން އެއްކުރާ ޒާތީ މަޢުލޫމާތުތަކުގެ ގިންތިތަކާއި، އެ މަޢުލޫމާތުތައް އެއްކުރާ ސަބަބު ދެނެގަތުމަށް ޓަކައި، ތިރީގައިވާ މަޢުލޫމާތު ބައްލަވާށެވެ.

ގުޅޭނެ އަދި އެކައުންޓާ ބެހޭ މަޢުލޫމާތު

ކޮކާ ކޯލާ އިން ތިބާގެ ފުރަތަމަ އަދި ފަހު ނަމާއި، އީމެއިލް އެޑްހާއި، އަދި/ ނުވަތަ މޯބައިލް ނަމްބަރާއި، އުފަން ތާރީޚު ދިނުމަށް އެދެނީ ޚިދުމަތްތައް ދިނުމަށް އެކައުންޓެއް ހެދުމަށް ޓަކައެވެ. ހަމަ އެއާއެކު، އަޅުގަނޑުމެން ޔޫޒަރނޭމްއާއި ޕާސްވޯޑާއި، ޢުމުރާއި، މެއިލް އެޑްރެހާއި، ސަރުކާރުން ދޫކޮށްފައިވާ އައިޑެންޑިޑީ ނަމްބަރާއި، އެފަދަ އެހެން މަޢުލޫމާތުތައް ވެސް އަޅުގަނޑުމެން އެއްކޮށްފާނެ އެވެ.

  • ތިބާ ހަދާ ނަމަ އެ ހަދާ އޮންލައިން އެކައުންޓް ދެމެހެއްޓުމަށް ޓަކައ
  • ކާކުކަމާއި، ވަކި ޚާއްޞަ ޚިދުމަތްތަކަކަށް ޝަރުޠު ހަމަވޭތޯ ބެލުމަށް ޓަކައި
  • ތިބާގެ ޚިދުމަތުގެ ތަޖްރިބާ ތިބާ އަށް ކަސްޓަމައިޒްކުރުމަށް ޓަކައި
  • ވަކި ބަޔަކަށް ދޭ ކޮންޓެންޓް ބެލޭނެ އެކްސެސް އާއި، ޑިސްކައުންޓާއި އެހެން ފުރުޞަތުތައް ތިބާ އަށް ދިނުމަށްޓަކައި 
  • ސްވީޕްސްކޭޓަރސް، މުބާރާތެއް ނުވަތަ އެހެން ޕްރޮމޯޝަނެއް ނުވަތަ ލޯޔަލްޓީ ޕްރޮގްރާމެއް ހިނގުމަށް ޓަކައި
  • އުފެއްދުންތައް ގަނެ ޑެލިވަރކުރުން ފުރިހަމަކުރުމަށް ޓަކައި 
  • ތިބާގެ އެކައުންޓާ ގުޅިފައިވާ މަޢޫލޫމާތުތަކަށް ބިނާކޮށް ބައެއް ފަހަރު ހުންނަ ތިބާ ޝައުޤުވެރިވާނެ ކަމަށް އަޅުގަނޑުމެންނަށް ފެންނަ މަޢުލޫމާތުތައް ފޮނުވުމަށް ޓަކައި
  • އާ އުފެއްދުމަކާ ބެހޭ ސާވޭ އެއް މެދުވެރިކޮށް ފަދަ ތިބާގެ ފީޑްބެކަށް އެދުމަށް ޓަކައި
  • ތިބާގެ ސުވާލުތަކަށް ޖަވާބު ދިނުމަށާއި، ކަސްޓަމަރ ސަރވިސް ދިނުމަށް ޓަކައި
  • އަށް ރިސަރޗް އަދި އާ އީޖާދު
  • ކޮކާ ކޯލާއިން ސްޕޮންސަރކުރާ ނުވަތަ ހޯސްޓްކުރާ އިވެންޓްތަކާއި، ޕްރޮޑަކްޓަ ސާމްޕްލިންގ އިވެންޓްތައް ފަދަ ސީދާ މީހުން ޙާޒިރުވާ އިވެންޓަކަށް ތިބާ ދާ އިރު
     

ޔޫޒަރ ޖެނެރޭޓެޑް ކޮންޓެންޑް (UGC) 

ކޮކާ ކޯލާ އިން ޚިދުމަތްތައް މެދުވެރިކޮށް ތިބާ ހުށަހަޅަން އިޚްތިޔާރުކުރާ ވެބްސައިޓް ޕޯސްޓްތަކާއި، ކޮމެންޓްތަކާއި، ޚިޔާލުތަކާއި، ވޮއިސް ރެކޯޑިންގތަކާއި، ފޮޓޯތަކާއި، ވީޑިއޯތަކެވެ.

  • އޮންލައިން މުޖްތަމަޢުތައް މޮނިޓަރކުރުމަށް ޓަކައި 
  • ސާވޭތަކާއި، ކަސްޓަމަރ ސަރވިސް އިންކުއަރީތަކާއި، އެހެނިހެން ހިލޭ ދޭ ޓެކްސް މެސެޖްތައް ފަދަ ތިބާ ދޭ ކޮމެންޓްތަކާއި ރައުޔުތައް ރެކޯޑްކޮށް ޢަމަލުކުރުމަށް ޓަކައި
  • ޔޫޖީސީ ހުށަހަޅުން ހިމެނޭ ޕްރޮމޯޝަންތަކުގައި ތިބާ ބައިވެރިވާވުން ބެލެހެއްޓުމަށް ޓަކައި
  • ވަކި ޚާއްޞަ ޕްރޮމޯޝަނެއް ނުވަތަ ކޮކާ ކޯލާގެ ސުމާޓް ކޫލާރސް ފަދަ އެހެން ޚިދުމަތެއް ގައި ބައިވެރިވުމާ ގުޅިގެން

ތިބާ ޙިއްޞާކުރުމަށް އިޚްތިޔާރުކުރާ، ބައެއް ޤާނޫނުތަކުން ބަޔޯމެޓްރިކް ޑޭޓާ ހުށަހަޅަންޖެހޭ ފޮޓޯތަކާއި، ވޮއިސް ރެކޯޑިންގތަކާއި، ވީޑިއޯތައް ކޮކާ ކޯލާ އިން ބަޔޯމެޓްރިކް ޑޭޓާ އެއްކުރަނީ ހަމައެކަނި ތިބާގެ ވަކި ޚާއްޞަ ހުއްދަޔާ އެކުއެވެ.

ސޯޝަލް މީޑިޔާ ޕްލެޓްފޯމެއްގައިވާ އެކައުންޓަކާ ގުޅިފައިވާ މަޢުލޫމާތު

ފޭސްބުކާއި، ޓުވިޓަރ ފަދަ ތިބާގެ ސޯޝަލް މީޑިޔާ އެކައުންޓަކުން ތިބާ ޚިދުމަތްތަކަށް ގުޅޭ އިރު ނުވަތަ ލޮގިންކުރާ އިރު، ތިބާގެ ޕްރޮފައިލް ފޮޓޯއާއި، އީމެއިލާއި، ލައިކްއާއި، ގަޔާވާކަންތައްތަކާއި، ރައްޓެހިންނާއި، ފޮލޯވަރުން ނުވަތަ އެފަދަ އެހެން ލިސްޓުތައް ސޯޝަލް މީޑީޔާ ޕްލެޓްފޯމުން ހުއްދަދޭ މަޢުލޫމާތުތަކާއި، އެކައުންޓް ޕާމިޝަންތައް ފަދަ ޒާތީ މަޢުލޫމާތު އަޅުގަނޑުމެން އެއްކުރަމެވެ. 

  • ޚިދުމަތްތަކުގެ ތިބާގެ ތަޖްރިބާ ތިބާއާ ގުޅޭގޮތަށް ހެދުމަށް ޓަކައި
  • ސޯޝަލް މީޑިޔާ ޕްލެޓްފޯމް ގައި ޕޯސްޓްކުރާ ތިބާގެ ކޮމެންޓްތަކާއި، އިންކުއަރީތަކަށް އިޖާބަދީ، ކޮންސިއުމަރުން ކޮކާ ކޯލާ އާ މެދު ދެކޭގޮތް ބޮޑަށް ދެނެގަތުމަށް ޓަކައި (ޓުވީޓުތަކާއި ޕޯސްޓްތައް ފަދަ) މުވާޞަލާތުތައް ތަޙްލީލުކުރުމަށް ޓަކައި

(ތިބާގެ ސޯޝަލް މީޑިޔާ އެކައުންޓުން މަޢުލޫމާތު ފޯރުކޮށް ދޭން ބޭނުންނުވާ ކަމަށް ތިބާ ފަހުން ނިންމާ ނަމަ، ތިބާގެ ސޯޝަލް މީޑިޔާ އެކައުންޓުގެ ޕްރައިވެސީ ސެޓިންގތައް އެގޮތަށް ބަދަލުކުރާށެވެ.)

ހުންނަ ތަނުގެ މަޢުލޫމާތު

އަޅުގަނޑުމެންގެ އެޕްތަކުން ހުއްދަ ލިބުމުން އަޅުގަނޑުމެން ސީދާ ޖިއޯލޮކޭޝަން އެއްކުރަނީ، ތިބާގެ މޯބައިލް އާލާތުގެ އޮޕަރޭޓިންގ ސިސްޓަމުން ހުއްދަކުރާއިރު އާއި، ތިބާގެ އިޢުތިރާޒެއް ނެތް ކަމުގެ ހުއްދަ އެ އޮންނަ ގޮތަކަށް ދިނުމުންނެވެ.

ތިބާ ޚިދުމަތުގެ ބޭނުންކުރާ އިރު، އައިޕީ އެޑްރެސް އަކުން ނުވަތަ ވައިފި، ބުލޫޓޫތު ކަނެކެޝަނަކުން، ނުވަތަ ވަޔަރލެސް ނެޓްވޯކަކުން ގާތްގަޑަކަށް ހުންނަ ތަން އޮޓޮމެޓިކުން އެއްކުރެވެއެވެ.

އަޅުގަނޑުމެން މި ލޮކޭޝަން ޑޭޓާ އެއްކުރަމެވެ.

  • ތިބާގެ ޚިދުމަތުގެ ތަޖްރިބާ ތިބާ އަށް ކަސްޓަމައިޒްކުރުމަށް ޓަކައި
  • ތިބާގެ ގެ ކައިރީގައި އުފެއްދުންތަކާއި، ޕްރޮމޯޝަންތައް ނުވަތަ އިވެންޓްތައް ހުންނަ އިރު އެކަން ތިބާ އަށް އެނގުމަށް ޓަކައި، ނުވަތަ ތިބާ އެކަމަށް ހުއްދަ ދިނުމުން އެހެން ޔޫޒަރުންނަށް ތިބާ ހުންނަ ތަން ފެންނަ ގޮތް ހެދުމަށް ޓަކައި
  • ޖިއޮގްރަފީގޮތުން ގުޅޭ އިޝްތިހާރުތައް ފޮނުވުމަށް ޓަކައި
     

ޚިދުމަތްތަކުން ޙިއްޞާކުރާ ޒާތީ އެހެން މަޢުލޫމާތުތައް

އަޅުގަނޑުމެން އެއްކުރަން

  • އަޅުގަނޑުމެންގެ އޮންލައިން މުޖްތަމާއުތައް ބެލެހެއްޓުމަށް ޓަކައި 
  • ތިބާގެ ޒާތީ މަޢުލޫމާތުތައް ޙިއްޞާކުރުމަށް ހުއްދަދޭ ޚިދުމަތްތަކުގެ ޕްރޮމޯޝަންތަކާއި، އެހެން ކަންތައްތައް މެނޭޖްކުރުމަށް ޓަކައ

ށ. އަޅުގަނޑުމެންގެ އެޕްތައް ބޭނުންކުރުމާ ބެހޭ މަޢުލޫމާތު

އަޅުގަނޑުމެންގެ އެޕެއް ތިބާ ޑައުންލޯޑްކުރާ އިރު، އަޅުގަނޑުމެން އެއްކުރާ މަޢުލޫމާތު ބިނާވަނީ ތިބާގެ މޯބައިލް ގެ އޮޕަރޭޓިންގ ސިސްޓަމާއި ޕާމިޝަންތަކުގެ މައްޗަށެވެ. މަސައްކަތްކުރުމަށްޓަކައި، ތިބާގެ މޯބައިލް އާލާތުން ވަކި ޚާއްޞަ ފީޗަރތަކަކާއި، ޑޭޓާ ބޭނުންކުރުމަށް އަޅުގަނޑުމެންގެ އެޕްތައް ބޭނުންވެއެވެ. މިސާލަކަށް، މައްސަލަނުޖެހޭ އޮންލައިން އެޕް ތަޖްރިބާއެއް ތިބާ ބޭނުންވާ ނަމަ، ތިބާގެ ވެބް ބްރޯޒަރ އިން މަޢުލޫމާތު އެއްކޮށް ލިންކުކުރަން އަޅުގަނޑުމެން ބޭނުންވެއެވެ.

އެޕަކުން އެއްކުރާ ވަކި ޚާއްޞަ މަޢުލޫމާތަކާ ބެހޭ ގޮތުން އިތުރަށް އޮޅުންފިލުވަން ބޭނުން ނަމަ، ތިބާގެ އާލާތުގެ ސެޓިންތައް ޗެކްކުރާށެވެ. ނުވަތަ ތިބާ އެޕް ޑައުންލޯޑްކުރި (ގޫގަލް ޕްލޭ އަދި އެޕަލް ސްޓޯރ ފަދަ) ވަކި ޚާއްޞަ ޕްލެޓްފޯމެއްގައި ވާ ޕާމިޝަން މަޢޫލޫމާތު ރިވިއުކުރާށެވެ. އެޕް ސެޓިންގ ގައި، ވަކި ޚާއްޞަ ޑޭޓާ އެއްކުރުމަކަށް ތިބާގެ ސްޓޭޓަސް ޗެކްކޮށް ބަދަލުކުރުމަށް ބައެއް އެޕްތަކުން ހުއްދަ ދެއެވެ.  ތިބާގެ ސެޓިންތައް ބަދަލުކުރާ ނަމަ، ވަކި ޚާއްޞަ އެޕް ފީޗަރތަކެއް ބަރާބަރަށް މަސައްކަތް ނުކޮށްފާނެ އެވެ. 

އެޕުން މަޢުލޫމާތު އެއްކުރުން ހުއްޓުވުމަށް ޓަކައި، އެޕް ‘އަންއިންސްޓޯލް’ކުރައްވާށެވެ.

ނ.  ޚިދުމަތްތައް ބޭނުންކުރުމުގެ ތެރޭގައި އޮޓޮމެޓިކުން އެއްކުރެވޭ މަޢުލޫމާތު

ބޭނުންކުރާ މީހުންގެ ކޮމްޕިއުޓަރތަކުންނާއި، މޯބައިލް އާލާތްތަކުން ޚިދުމަތްތަކުން އަދި ޚިދުމަތްތައް ބޭނުންކުރުމާ ބެހޭގޮތުން ވަކި ޚާއްޞަ މަޢުލޫމާތުތަކެއް އަޅުގަނޑުމެން އޮޓޮމެޓިކުން އެއްކުރަމެވެ. އޮޓޮމެޓިކުން އެއްކުރެވޭ ބައެއް މަޢުލޫމާތުތަކަކީ، ބައެއް ޤާނޫނުތަކުގެ ދަށުން ޒާތީ މަޢުލޫމާތެވެ. މި މަޢުލޫމާތުތައް އޮޓޮމެޓިކުން އެއްކުރެވެނީ ކުކީސްއާއި، ޕިކްސެލްއާއި، ވެން ބީކޮންސް އާއި އެހެނިހނެން މިފަދަ ޑޭޓާ އެއްކުރުމުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. ޑޭޓާ ކޮލެކްޝަން ޓެކްނޮލޮޖީ). 

އަޅުގަނޑުމެން އޮޓޮމެޓިކުން އެއްކުރާ މަޢުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ

  • ޑިވައިސް ވައްތަރާއި، އައިޑެންޓިފައިކުރާ ނަމްބަރާއި، ބްރޯޒަރ ޓައިޕާއި، އިންޓަނެޓް ސަރވިސް ޕްރޮވައިޑަރ އާއި، މޯބައިލް ނެޓްވޯކާއި، އޮޕަރޭޓިންގ ސިސްޓަމް ފަދަ ތިބާގެ ކޮމްޕިއުޓަރ ނުވަތަ މޯބައިލް އާލާތުގެ މަޢުލޫމާތު.
  • އައިޕީ އެޑްރެސް އަދި ޖިއޮގްރަފީގެ ފުޅާ ލޮކޭޝަން (މިސާލަކަށް، ޤައުމު ނުވަތަ ސިޓީ ލެވެލްގެ ލޮކޭޝަން) 
  • ޚިދުމަތް ހޯދި ތާރީޚާއި ވަގުތާއި، ސަރޗް ރިކުއެސްޓްތަކާއި އޭގެ ނަތީޖާއާއި، މައުސް ކްލިކްތަކާއި ޙަރަކާތްތައް ހިމެނޭ ގޮތަށް ޚިދުމަތާ ކޮމްޕިއުޓަރަކުން ނުވަތަ މޯބައިލް އާލާތުން މުޢާމަލާތްކުރާ ގޮތްބެލި ވަކި ޚާއްޞަ ވެބްސައިޓްތަކާއި، ފިއްތި ލިންކްތަކާއި، ބެލި ވީޑިއޯތައް
  • ޓްރެފިކް އަދި ބޭނުންކުރުމުގެ މިންތައ
  • އިޝްތިހާރުތައް ބޮޑަށް ގުޅުވުމަށް ބޭނުންކުރާ ޚިދުމަތްތަކާ މުޢާމަލާތްކުރުމުގެ ކުރިން ބޭނުންކުރި ތިން ވަނަ ފަރާޓެއްގެ ސައިޓްތަކާއި ޚިދުމަތްތަކާ ބެހޭ ޑޭޓާ
  • ކޮކާ ކޯލާ އީމެއިލެއް ހުޅުވާތޯ ނުވަތަ ހުޅުވާ އިރެއް ފަދަ އަޅުގަނޑުމެންގެ މާކެޓިންގ މުވާޞަލާތުތަކާ މުޢާމަލާތުކުރުންތައް

ރ. އެއްކުރެވޭ މަޢޫލޫމާތު ތިން ވަނަ ފަރާތްތަކުން

އަޅުގަނޑުމެންގެ ޔޫޒަރުން އިތުރަށް ދަސްކުރުމަށާއި، ޕާސޮނަލައިޒްޑް ޔޫޒަރ އެކްސްޕީރިއަންސަށާއި، ޚިދުމަތްތައް އިތުރު ފުރިހަމަކަމާއެކު ޕްރޮމޯޓްކޮށް ކުރިއެރުވުމަށް އަޅުގަނޑުމެން ބައެއް ފަހަރު ބޭނުންކުރާ ތިންވަނަ ފަރާތްތަކުން ޒާތީ މަޢުލޫމާތު އަޅުގަނޑުމެންނަށް ލިބެއެވެ.

ތިން ވަނަ ފަރާތްތަކުން އަޅުގަނޑުމެންނަށް ލިބޭ ޒާތީ މަޢުލޫމާތުތަކަކީ:

  • ގަތުމާ ގުޅިފައިވާ ޒާތީ މަޢުލޫމާތުތަކަކީ ޕޭމަންޓް ކާޑު ގަތުން ޕްރޮރެސްކުރެވެނީ ތިން ވަނަ ފަރާތެއްގެ ޕޭމަންޓް ޕްރޮސެސްކުރާ ފަރާތްތަކުންނެވެ. ފުރިހަމަ ބޭންކު އެކައުންޓް ނަމްބަރުތަކަށާއި، ކްރެޑިޓް ކާޑު ނަމްބަރުތަކަށް ނުވަތަ ޑެބިޓް ކާޑު ނަމްބަރުތަކަށް ކޮކާ ކޯލާއަކަށް އެކްސެސް ނޯވެއެވެ. 
  • ކޮކާ ކޯލާ އާ ބެހޭގޮތުން އިތުރަށް އެނގެން ބޭނުންވާ ފަރުދުން ވަކިކޮށް ދެނެގަތުމަށާއި، މިހާރު ވެސް އަޅުގަނޑޫމެން އަތުގައި ހުރި ޒާތީ މަޢުލޫމާތަށް އިތުރުކުރުމަށް ބޭނުންކުރެވޭ މާކެޓިންގ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ވިޔަފާރިއަށް ލިބެން ހުންނަ ނުވަތަ ކެމްޕޭންތަކާއި އިވެންޓްތަކުން މާކެޓިން ޕާޓްނަރުން އެއްކުރާ ޒާތީ މަޢުލޫމާތު މި ޒާތީ މަޢުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ، ޑޭޓާ ކްލީން ރޫމްތައް ހިމެނޭ ގޮތަށް އަޅުގަނޑުމެންގެ ބަދަލުގައި ބޭނުންކުރާ ޑޭޓާ ސެޓާ ތިން ވަނަ ފަރާތްތަކުގެ ބަދަލުގައި ބޭނުންކުރާ ޑޭޓާ ސެޓްތަކާ މެޗްކޮށްގެން ހޯދާ މަޢުލޫމާތެވެ.(ތިރީގައިވާ ސެކްޝަން ވެސް ބައްލަވާ)
  • ބޮޑަށް އެކަށީގެންވާ އިޝްތިހާރު ކުރުމަށް އެހީތެރިވެދޭ ގޮތަށް ތިން ވަނަ ފަރާތްތަކުން ލިބޭ ޒާތީ މަޢުލޫމާތު 
  • ބޮޓަލް ޕާޓްނަރުން ކޮކާ ކޯލާ އާ އެކު ޙިއްޞާކުރާ ޒާތީ މަޢުލޫމާތު
  • ޢާއްމުކޮށް ލިބެން ހުންނަ މަޞްދަރުތަކުން ލިބެން ހުންނަ ޒާތީ މަޢުލޫމާތު
  • ޤާނޫނު ތަންފީޒުކުރުމުގެ އަދި ސަރުކާރުގެ އެހެން އިދާރާތަކުން ލިބޭ ޒާތީ މަޢުލޫމާތު (އެކަމަކު ހަމައެކަނި ނާދިރު ޙާލަތްތަކުގައި)

ކޮކާ ކޯލާ އަތުގައި ތިބާ އާ ބެހޭގޮތުން ހުރި މަޢުލޫމާތު އަޅުގަނޑުމެން އެއްކޮށްފާނެ އެވެ. ނުވަތަ ތިން ވަނަ ފަރާތެއްގެ މަޢުލޫމާތުގެ މަޞްދަރަކުން ލިބޭ މަޢުލޫމާތާ އެއްކޮށްފާނެއެވެ. މަޢުލޫމާތު ފޯރުކޮށްދޭ ކޮންމެ ތިން ވަނަ ފަރާތަކުން ކޮކާ ކޯލާ އާ ޒާތީ މަޢުލޫމާތު ޙިއްޞާކުރުން ކޮންސިއުމަރުންނަށް ދެފުށްފެންނަ ކަމަށް އަދި އެހެންގޮތަކަށް ބުނާ ނަމަ ޤާނޫނަށް ފެތޭ ކަމަށް ޔަޤީންކޮށް ދިނުމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެކެވެ.

ބ. ތިބާގެ ހުއްދަ އާ އެކު އެއްކުރެވޭ އެހެން މަޢުލޫމާތުތައް

ތިބާއަށް އާ ޙަރަކާތްތަކުގައި ބައިވެރިވެ، ވަކި މަޢުލޫމާތު ލިބި، ނުވަތަ އާ ފީޗަރތައް ޓެސްޓުކުރެވޭނެ ގޮތް މަގުފަހިކުރުމަށް ޓަކައި، ވަކި ވައްތަރެއްގެ ޒާތީ މަޢުލޫމާތު އެއްކުރުމުގެ ހުއްދަ އަށް އަޅުގަނޑުމެން އެދިފާނެ އެވެ.. ބައެއް ޤާނޫނުތަކުގެ ދަށުން، ޒާތީ މަޢުލޫމާތު އެއްކޮށް ބޭނުންކުރމުގެ ކުރިން ކޮކާ ކޯލާ އިން ހުއްދަ ހޯދަން ޖެހެއެވެ. ތަފްޞީލު ހޯދުމަށް ސެކްޝަން 9 ބައްލަވާ

4. ކޮކާ ކޯލާ އިން ޒާތީ މަޢުލޫމާތު ބޭނުންކުރަނީ ކިހިނެއް ހެއްޔެވެ؟

ކޮކާ ކޯލާ އިން ޒާތީ މަޢުލޫމާތު ބޭނުންކުރަނީ ޚިދުމަތައް ފޯރުކޮށްދިނުމަށާއި އިތުރަށް ކުރިއެރުވުމަށާއި، އަޅުގަނޑުމެންގެ ވިޔަފާރި ހިންގުމަށާއި، ބޭނުންކުރާ މީހުން ރައްކާތެރިކުރުމަށާއި، އަޅުގަނޑުމެންގެ ޤާނޫނީ ޙައްޤު ތަންފީޒުކުރުމަށް ޓަކައެވެ. 

އަޅުގަނޑުމެން ޒާތީ މަޢުލޫމާތު ބޭނުންކުރަނީ ޚިދުމަތްތައް ވަކި ފަރުދުންނަށް އަމާޒުކުރެވި، ކުރިއެރުވުމަށެވެ. (ކޮންމެ ކޭހެއް ގައި ގުޅޭ ޤާނޫނަކުން ހުއްދަދޭ ގޮތަކަށް) އޭގެ ތެރޭގައި ހިމެނެނީ:

  • ބޭނުންކުރާ މީހުންގެ އެކައުންޓްތައް ހަދައި އަޕްޑޭޓްކޮށް އަދި ބޭނުންކުރާ މީހުން އެދޭ ކަންތައްތައް ކޮށްދިނުމަށް ޓަކައި
  • އަޅުގަނޑުމެންނަށް ޓަކައި، ތިން ވަނަ ފަރާތަކުން މެނޭޖްކުރާ ޑޭޓާބޭސް ގައި ކޮންސިއުމަރުންގެ ޒާތީ މަޢުލޫމާތު މަރުކަޒީކުރުމަށާއި، ތިން ވަނަ ފަރާތްތަކުން އެއްކުރާ މަޢުލޫމާތު ހިމެނުން
  • ބޭނުންކުރާ މީހުންނަށް މާކެޓިންގ އަދި މާކެޓިން ނޫން މުވާޞަލާތު ބޭނުންކުރާ މީހުންނަށް ފޮނުވުމަށް ޓަކައި
  • އޮންލައިން މުޖްތަމަޢެއް ފަދަ ގޮތަކުން ބޭނުންކުރާ މީހުންގެ މެދުގައި މުވާޞަލާތުކުރުން މަގުފަހިކުރުމަށް
  • ޓާގެޓްކޮށްފައިވާ އިޝްތިހާރުކުރުމަށް (ޕާސޮނަލައިޒްކުރެވިފައިވާ ނުވަތަ އިންޓަރެސްޓް ބޭސްޑް އިޝްތިހާރުކުރުން ކަމަށް ބައެއް ފަހަރު ޙަވާލާދެވޭ) ބައެއް އެއްޗެހި ގޖިއޯ ލޮކޭޝަނަށް ގެ މައްޗަށް ބިނާވެފައިވާ އަޅުގަނޑުމެންގެ އިޝްތިހާރު ޕާޓްނަރުންގެ އިޝްތިހާރުތައް ނުވަތަ ކުކީސް ހިމެނޭ ވެބްސައިޓްތަކަށް ވަނުން ފަދަ ބޭނުންކުރާ މީހެއްގެ އޮންލައިން ޙަރަކާތްތަކުން އުފައްދާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް 
  • ވަކިވަކި ޔޫޒަރުން ގަޔާވާ ކޮންޓެންޓް އަޅުގަނޑުމެންނަށް ރެކޮމެންޓްކުރެވޭނެހެން އަޅުގަނޑުމެންގެ ޔޫޒަރުންނާ ބެހޭ ގޮތުން އިތުރަށް ދަސްކުރުން
    • ވަކިން ޚާއްޞަކޮށް، ޔޫޒަރުންނާ ބެހޭ މަޢުލޫމާތު އަޅުގަނޑުމެން ތައްޔާރުކުރަނީ ‘ޑޭޓާ ކްލީން ރޫމްސް’ ގައި ބައިވެރިވެގެންނެވެ. ޑޭޓާ ކްލީން ރޫމެއް މެދުވެރިކޮށް އަޅުގަނޑުމެން ކުއެރީސް ރަންކޮށް، އައުޓްޕުޓްތަކާއި، އިންސައިޓްތައް މީގައި ހަމަ ބައިވެރިވާ ތިން ވަނަ ފަރާތްތަކުން ދޭ ޑޭޓާ އިން ނެރުން ޑޭޓާ ކްލީން ރޫމްތަކުގައި ބޭނުންކުރާ ޑޭޓާ އެހެން ވިޔަފާރިތަކުންނާއި، ބައިވެރިން ޙިއްޞާކުރަނީ ޒާތީ މަޢުލޫމާތު ސީދާ ގޮތެއް ގައި ހާމަނުކުރާ ނުވަތަ ފާޅުނުކުރާ ފޯމެޓެއްގައެވެ؛ އޭގެ ބަދަލުގައި މެޗިންގ ގެ ކުރިން އައިޑެންޓިފަޔަރއެއް ހެދި، ތިން ވަނަ ފަރާތުގެ މަޢުލޫމާތު ސެޓްތައް ކޮކާ ކޯލާ ގެ ބަދަލުގައި ބޭނުންކުރެވޭ ޒާތީ މަޢުލޫމާތާ މެޗްކުރުމަށް ބޭނުންކުރެވެއެވެ. (ބަދަލުގައި ބޭނުންކުރެވޭ ޑޭޓާ ހެދުމަށް ޓަކައި ޒާތީ މަޢުލޫމާތު ބޭނުންކުރުމުގައި ޑޭޓާ ސެޓްތައް ކުރިން ޕްރޮފައިލްހެދުން ހިމެނެއެވެ.)  މެޗްކުރުމަށް ފަހު، އަޅުގަނޑުމެން ނާންގާ ހިނދަކު ނުވަތަ ވަކި ހުއްދައެއް ނު ހޯދާ ހާ ހިނދަކު ޒާތީ މަޢުލޫމާތު ސެޓްތައް އެންރިޗްކުރުމަށް ހުއްދަނެތް އަޅުގަނޑުމެންގެ އޯޑިއެންސާ ބެހޭގޮތުން އެއްކުރެވިފައިވާ މަޢޫލޫމާތު އަޅުގަނޑުމެންނަށް ލިބެއެވެ. ޑޭޓާ ކްލީން ރޫމްތަކުގައި ޑޭޓާ ޙިއްޞާކުރަނީ، އޯޑިއެންސް ހޯދުމަށާއި، އޯޑިއެންސް ފުޅާކުރުމަށާއި، އޯޑިއެންސަށް އަމާޒުކުރުމަށާއި، އެއްގޮތް އޯޑިއެންސް މޮޑެލިންގ އަށެވެ. 
  • ޕްރޮމޯޝަނަށާއި، ލޯޔަލްޓީ ޕްރޮގްރާމް ހިންގުމަށް ޓަކައި
  • ކަސްޓަމަރ ސަރވިސް އަށް ޓަކައި 
  • ޕޭމަންޓް ދެއްކުމަށް މަގުފަހިކުރުމަށް ޓަކައި
  • އަޅުގަނޑުމެންގެ ކޮންސިއުމަރުން ބޭނުންވާ ކަހަލަ ފީޗަރތަކާއި ކޮންޓެންޓް އުފެއްދުމަށް ޓަކައި ޔޫޒަރުން ޚިދުމަތާއި އެކްޓިވިޓީ ޓްރެންޑާ މުޢާމަލާތުކުރާ ގޮތް ތަޙްލީލުކުރުމަށް ޓަކައި
  • ޚިދުމަތްތަކާއި، ބޭނުންކުރާ މީހުންގެ ތަޖްރިބާ ކުރިއެރުވުމަށް ޓަކައި
  • ޑޭޓާ ތަޙްލީލުކުރުމަށާއި، ރިސާޗާއި، ޕްރޮޑަކްޓް ޑިވެލޮޕްމެންޓާއި، ކޮންސިއުމަރުން އަޅުގަނޑުމެން ބޮޑަށް ދަސްކުރުމާއި، އެ މީހުންނަށް އާ އީޖާދުތައް ފޯރުކޮށްދޭ މެޝިން ލަރނިންގ އަށް ޓަކައި
  • ހިނަގުމުގެ މައްސަލަތައް ޓްރަބަލްޝޫޓްކުރުން ހިމެނޭ ގޮތަށް މޮނިޓަރކުރުމާއި ޓެސްޓްކުރުޖުގެ ޚިދުމަތްތަކަށް
  • ކޮކާ ކޯލާގެ އުފެއްދުންތަކާއި، ޚިދުމަތްތަކާއި އެއްވައްތަރު ވިޔަފާރީގެ މަޤްޞަދުތައް ކުރިއެރުވުމަށް ޓަކައި ކޮންޓްރެޓުންނާއި ޤާނޫނުން ހުއްދަކުރާ މި ޕްރައިވެސީ ޕޮލިސީއަށް ނުވަންނަ ވަކި މީހަކު ނޭނގޭ ޑޭޓާ އުފެއްދުމަށް ޓަކައި
  • އޮޅުވާލުމާއި، ޚިދުމަތް ނަހަމަ އަދި ހުއަދަނެތް ގޮތަށް ބޭނުންކުރުން ހޯދައި ޙިމާޔަތްކުރުމަށް ޓަކައި
  • ޔޫޒަރ އެގްރީމެންޓްތަކަށް ޢަމަލުކުރުން މޮނިޓަރކޮށް ތަންފީޒުކުރުމާއި، ކޮކާ ކޯލާ ގެ މައްޗަށް ހިނގާ ޤާނޫނުތަކަށް ޢަމަލުކުރުން ފަދަ ރިސްކް މެނޭޖްމެންޓާއި އެއާ އެއްފަދަ ހިންގުމުގެ މަޤްޞަދުތަކަށް 

5. ކޮކާ ކޯލާ އިން ކުކީސްތަކާއި އެހެން ޑޭޓާ އެއްކުރުމުގެ ޓެކްނޮލޮޖީތައް ބޭނުންކުރޭ ހެއްޔެވެ؟

އަޅުގަނޑުމެން ކުކީސް އާއި އެހެނިހެން ޑޭޓާ އެއްކުރުމުގެ ޓެކްނޮލޮޖީ ބޭނުންކުރަނީ ތިބާ ޚިދުމަތްތައް ބޭނުންކުރާ އިރު ތިބާ އަދި/ ނުވަތަ ތިބާގެ އާލާތްތައް ދެނެގަތުމަށާއި، ތިބާއާ ބެހޭ ޒާތީ މަޢުލޫމާތު އެއްކުރުމަށެވެ. 

ބައެއް ނާދިރު ޙާލަތްތަކުގައި، ވަކި ވެބްސައިޓްތަކަކަށް އަދި ކޮންސިއުމަރުންނާ ގުޅޭ ކުކީސްއާއި އެހެން ޑޭޓާ އެއްކުރުމުގެ ޓެކްނޮލޮޖީއާ ބެހޭ ވަކި ޚާއްޞަ ނޯޓިސްޔަކެއް ހިމެނޭ ޚިދުމަތްތަކެއްގެ ބަޔަކަށް ވާ ބައެއް ވެބްސައިޓްތައް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ތިބާ، ކުކީސްއާ ބެހޭ ނޯޓިސްއެއް ހިމެނޭ ކޮކާ ކޯލާ ވެބްސައިޓަކަށް ވަންނަ ކަމުގައި ވާ ނަމަ، އެ ވެބްސައިޓެއްގެ ކުކީސް ނޯޓިސްއަށް ޢަމަލުކުރާނީއެވެ.

ކުކީސް އަކީ ކޮބައި؟

ކުކީސްއަކީ ތިބާގެ ވެބް ބްރޯޒަރ ނުވަތަ ތިބާގެ ކޮމްޕިއުޓަރުގެ ހާޑްވެއަރ އަށް ފޮނުވޭ ނުވަތަ ވަދެވޭ ކުދި ޓެކްސްޓް ފައިލްތަކެވެ. ކުކީސްއެއް ގައި ޢާއްމުކޮށް ހިމެނޭނީ، ކުކީސް އުފެދިގެން އައި ޑޮމެއިން(އިންޓަނެޓް ލޮކޭޝަން) ގެ ނަމާއި، ކުކީސް ގެ ޙަޔާތް (މާނައަކީ، މުހުލަތު) އަދި ވަކި ތަރުތީބެއް ނެތި ހެދި ޚާއްޞަ ނަމްބަރު ނުވަތަ އެއްފަދަ އައިޑެންޓިފަޔަރ އެކެވެ. ކުކީސް ގައި ސެޓިންގތަކާއި، ބްރޯޒްކުރުމުގެ ތާރީޚާއި، ޚިދުމަތް ބޭނުންކުރާ އިރު ހިނގާ ޙަރަކާތްތައް ފަދަ ތިބާގެ ކޮމްޕިއުޓަރާ ބެހޭ މަޢުލޫމާތުތައް ހިމެނިދާނެ އެވެ.

ކޮކާ ކޯލާއިން ޕިކްސެލް (ބައެއް ފަހަރު ވެބް ބީކަންސް ވެސް ކިޔޭ) ވެސް ބޭނުންކުރެއެވެ. ޕިކްސެލްތަކަކީ އީމެއިލް ހުޅުވުމާއި، ވެބްސައިޓްތަކުން ގިނަ ދުވަސްތަކެއް ތެރޭގައި ވެބްސައިޓްތަކުގެ ބޭނުންކުރުމާ ބެހޭ މަޢުލޫމާތު އެއްކުރެވިދާނެ ޓްރާނސްޕޭރެންޓް ފޮޓޯތަކެކެވެ.

ކޮކާ ކޯލާ އިން ޚިދުމަތްތަކުގައި ސެޓްކުރާ ކުކީސްތަކަށް ކިޔާ ނަމަކީ ފަސްޓް ޕާޓީ ކުކީސް އެވެ. އެހެން އެއްވެސް ފަރާތަކުން ޚިދުމަތްތަކުގައި ސެޓްކޮށްފައި ހުންނަ ކުކީސް އަށް ކިޔެނީ ތިން ވަނަ ފަރާތުގެ ކުކީސް އެވެ. ތިން ވަނަ ފަރާތުގެ ކުކީސް އިން އެނަލިޓިކްސް އާއި މާކެޓިންގ އޮޓޮމޭޝަން ފަދަ ޚިދުމަތްތައް މެދުވެރިކޮށް ތިން ވަނަ ވަނަ ފަރާތުގެ ފީޗަރތައް ނުވަތަ މަސައްކަތް ކުރާގޮތަށް ހަދައިދެއެވެ. ތިން ވަނަ ފަރާތުގެ ކުކީސް ސެޓްކުރާ ފަރާތްތަކަށް ތިބާގެ އާލާތް، ޚިދުމަތް ހޯދުމަށް ބޭނުންކުރާ އިރު ގަޔާއި، އެހެން ވަކި ވެބްސައިޓްތަކަށް ވަނުމަށް ބޭނުންކުރާ އިރު، ތިބާގެ އާލަތް ދެނެގަނެވޭނެ އެވެ. ކުކީސްއާ ބެހޭގޮތުން ޢާއްމުގޮތަކަށް އިތުރަށް އެނގުމަށް ޓަކައި ވަދޭ www.allaboutcookies.org.

ބައެއް ބްރޯޒަރތަކުން (ސަފާރީ، އިންޓަނެޓް އެކްސްޕްލޯރަރަ، ފަޔަރފޮކްސް އަދި ކްރޯމް) “ޓްރެކްނުކުރޭ” މި ހެން ހިމަނާ (DNT) ނުވަތަ ބޭނުންކުރާ މީހާ އޭނާގެ އޮންލައިން ޙަރަކާތާއި ސުލޫކް ޓްރޭކްކުރެވެން ބޭނުންނުވާ ފަދަ ވެބްސައިޓްތަކަށް ސިގްނަލްކުރާ ފަދަ ފީޗަރއެއް ވަކި ޚާއްޞަ ޓްރެކްނުކުރޭ ސިގްނަލަކަށް އިޖާބަދޭ ވެބްސައިޓަކަށް ޓްރެކްނުކުރޭ ސިގްނަލް ލިބޭ ނަމަ، ބްރޯޒަރ ކެޗް އިން ވަކި މަޢުލޫމާތެއް އެ ވެބްސައިޓުން އެއްކުރުން ބްރޯޒަރ އިން ބްލޮކްކޮށްލައެވެ. ހުރިހާ ބްރޯޒަރތަކެއް ޓްރެކްނުކުރޭ އިޚްތިޔާރު ނުދެއެވެ. އަދި ޓްރެކްނުކުރޭ ސިގްނަލަކީ އަދި މިހާތަނަށް ހުރިހާ ވެބްސްއިޓްތަކެއް އެއްގޮތް އެއްޗެއް ނޫނެވެ. މި ސަބަބަށް ޓަކައި، ކޮކާ ކޯލާ ހިމެނޭ ގޮތަށް ވަރަށް ގިނަ ވެބްސައިޓް އޮޕަރޭޓްކުރާ ފަރާތްތަކުން އަދި މިހާތަނަށް ޓްރެކްނުކުރޭ ސިގްނަލް އަށް އިޖާބައެއް ނުދެއެވެ.

ކޮކާ ކޯލާ އިން ކުކީސްއާއި އެހެނިހެން ޑޭޓާ އެއްކުރާ ޓެކްނޮލޮޖީ ބޭނުންކުރަނީ ކީއްވެގެން ހެއްޔެވެ?
ބައެއް ކުކީސް ބޭނުންވަނީ ޚިދުމަތް އޮޕަރޭޓްކުރުމަށް ޓަކައެވެ. އެހެން ކުކީސްއިން ކޮށްދޭ ކަމަކީ، އަމާޒުކުރެވިފައިވާ އިޝްތިހާރުކުރުމާއި، ޚިދުމަތްތަކުގެ ތަޖްރިބާ ކުރިއެރުވުމަށް ޓަކައި، ބޭނުންކުރާ މީހުންގެ ޝައުޤުވެރިކަން ހުންނަ ގޮތް ޓްރޭކްކުރުމެވެ.

ޚިދުމަތްތަކުގައި ބޭނުންކުރެވޭ ކުކީސްގެ ވައްތަރުތަކާއި، އެ ބޭނުންކުރެވޭ ސަބަބުތައް ތިރީގައި މިވަނީ އެވެ:

  • ކޮންމެހެން ޒަރޫރީ ކުކީސް ޚިދުމަތްތައް އޮޕަރޭޓްކުރުމަށް ބޭނުންވެއެވެ.
  • ޕާފޯމެންސް ނުވަތަ އެނަލިޓިކްސް ކުކީސް އަޅުގަނޑުމެންނަށް ޚިދުމަތްތައް ތަޙްލީލުކޮށް ކުރިއެރުވުމަށް އެހީތެއރިވުމުގެ ގޮތުން ޚިދުމަތްތައް ދެވޭ ގޮތާ ބެހޭ މަޢުލޫމާތު އެއްކުރެވެއެވެ. ބްރޯޒަރ ލައްޕާލުމަށް ފަހު އެ ފުހެލަން ދެން ޕާފޯމެންސް ނުވަތަ އެނަލިޓިކްސް ކުކީސް ޢާއްމުކޮށް ތިބާގެ ކޮމްޕިއުޓަރުގައި ހުންނާނެ އެވެ.
  • އިޝްތިހާރުކުރުމުގެ ކުކީސް ބޭނުންކުރެވެނީ ތިބާގެ ޝައުޤުވެރިކަމަށް ބިނާކޮށް އިޝްތިހާރުކުރުމުގެ މެސެޖުތައް ތިބާއާ ބޮޑަށް ގުޅޭގޮތް ހަދައި، ހަމަ އެ އިޝްތިހާރު މާ ގިނައިން އޮޕަރޭޓްކުރުން ހުއްޓުވައި، އިޝްތިހާރުތައް އިޝްތިހާރުކުރާ ފަރާތްތަކަށް ރަނގަޅަށް ފެންނަ ކަން ޔަޤީންކުރުމަށެވެ.
  • ސޯޝަލް މީޑިޔާ ކުކީސް ބޭނުންކުރާ މީހުންނަށް ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކާ އެކު މިހާރަށް ވުރެ ގިނައިން މުޢާމަލާތުކުރެވޭ ގޮތް ހަދައެވެ. އަޅުގަނޑުމެން ސޯޝަލް މީޑިޔާ ކުކީސް ކޮންޓްރޯލެއް ނުކުރަމުއެވެ. އަދި ތިބާގެ ހުއްދަޔާ ނުލައި ތިބާގެ ސޯޝަލް މީޑިޔާ އެކައުންޓްތަކަށް ވަނުމަށް އެއިން ވަނަކަނުދެއެވެ. ބޭނުންކުރެވިފައިވާ ކުކީސް އާ ބެހޭ މަޢުލޫމާތު ހޯދުމަށް ޓަކައި، ގުޅޭ ސޯޝަލް މީޑިޔާ ޕްލެޓްފޯމެއްގެ ޕްރައިވެސީ ޕޮލިސީ ބައްލަވާށެވެ. 

ޑޭޓާ އެއްކުރުމުގެ ޓެކްނޮލޮޖީ އިން ކޮކާ ކޯލާ އަށް ކުރެވޭ ކަންކަމަކީ، އެއް ވެބްސައިޓުން އަނެއް ވެބްސައިޓަށް ޓްރެފިކް ދާ ގޮތުގެ ޕެޓާން މޮނިޓަރކުރުމާއި، ކުކީސް ޑެލިވަރުކުރުމާއި އެއާއެކު މުޢާމަލާތުކުރުމާއި، ތިން ވަނަ ފަރާތެއްގެ ވެބްސައިޓު ގައި ހުންނަ އޮންލައިން އިޝްތިހާރުތައް ފެނުމަށް ފަހު ބޭނުންކުރާ މީހުން އަޅުގަނޑުމެންގެ ޚިދުމަތްތަކަށް ޒިޔާރަތްކުރޭތޯ އެނގުމާއި، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، އަޅުގަނޑުމެންގެ އީމެއިލް މާކެޓިންގ ކެމްޕޭންތަކުގެ ކާމިޔާބު މިންވަރު ބެލުމެވެ. ކޮކާ ކޯލާ ޕޮލިސީތަކުން (ޝަރުޢީ ބައެއް ހިސާބުތަކުގައި ހުންނަ) ސިފަކޮށްދެނީ ކޮކާ ކޯލާ އިން ޑޭޓާ އެއްކުރުމުގެ ޓެކްނޮލޮޖީ ބޭނުންކުރާ ގޮތެވެ. 

ގޫގަލްގެ އުފެއްދުންތައް
ކަމާ ބެހޭ ޤާނޫނަކުން ހުއްދަކުރާ ނަމަ ގޫގަލް ޚިދުމަތުން އެނަލިޓިކްސް ބޭނުންކުރޭ އަމާޒުކުރެވިފައިވާ އިޝްތިހާރުކުރުމަށް (ގޫގަލް އިން ބައެއް ފަހަރު ‘ރިމާކެޓިންގ’ ކަމަށް ޙަވާލާދޭ) ކޮންސިއުމަރުން ތަފާތު އެކި ވެބްސައިޓްތަކަށް ވަންނަ އިރު ގޫގަލް އިން ބޭނުންކުރަނީ ގޫގަލް އިން ދަންނަ ކުކީސް އެވެ. ގޫގަލް ގެ ކުކީސް މެދުވެރިކޮށް އެއްކުރެވޭ ޑޭޓާ އިން، ޚިދުމަތްތައް ބޭނުންކުރެވޭ ގޮތް ކޮކާ ކޯލާއިން ތަޙްލީލުކުރުމަށް އަދި ބައެއް ޚިދުމަތްތަކަށް އަދި ބައެއް ޤާނޫނީ ސަރަޙައްދުތަކުގައި މާކެޓިން މުވާޞަލާތުތައް ވަކި މީހުންނަށް އަމާޒުކުރުމަށާއި، ޑީޖިޓަލް އިޝްތިހާރުކުރުމަށް އެހީއަކަށް ވެއެވެ.

މި ޚިދުމަތްތަކުން ޔޫޓިއުބް (ގޫގަލް ކުންފުންޏެއް) ވީޑިއޯ ފްރޭމްކުރުމާ އެކު އެމްބެޑް ވެސް ކުރެއެވެ. މީގެ މާނައަކީ، ތިބާ މި ޚިދުމަތް މެދުވެރިކޮށް ޔޫޓިއުބް ވީޑިއޯއެއް ޕްލޭކުރުމަށް ބަޓަނަށް ފިތާލުމަށް ފަހު، މި ޚިދުމަތާ ޔޫޓިއުބް ސާރވިސް އާ ދެމެދު ޤާއިމްކުރެވުނީއެވެ. ޕްލޭބެކް ފްރޭމް ހެދުމަށް ޓަކައި، ޔޫޓިއުބުން ފޯރުކޯށްދޭ HTML ލިންކެއް މި ޚިދުމަތުގެ ކޯޑަށް ވައްދާލެވެއެވެ. ޔޫޓިއުބު ސާރވިސް ގައި ރައްކާކުރެވިފައިވާ ވީޑިއޯ ދެން ޕްލޭކުރެވެނީ މި ސަރވިސްގެ ފްރޭމްގައެވެ. ތިބާ އެ ޚިދުމަތް ބޭނުންކުރާކަމުގެ މަޢުލޫމާތު ޔޫޓިއުބަށް ވެސް ލިބެއެވެ: ތިބާގެ އައިޕީ އެޑްރެސް، ބްރޯޒަރގެ މަޢުލޫމާތު، ތިބާގެ ބޭނުންކުރާ އާލާތުގެ އޮޕަރޭޓިންގ ސިސްޓަމާއި، ސެޓިންގތައް، މިހާރުގެ ވެބްސައިޓުގެ URL، ތިބާ ލިންކެއް ފޮލޯކޮށްފައިވާ ނަމަ ކުރިން ވަދެފައިވާ ވެބް ޕޭޖްތައް، އަދި ތިބާ ބެލި ވީޑިއޯތައް. ތިބާގެ ޔޫޓިއުބު އެކައުންޓަށް ލޮގިން ކޮށްފައިވާ ކަމުގައިވާ ނަމަ، އެ މަޢުލޫމާތު ތިބާގެ ޔޫޓިއުބު އެކައުންޓު ޔޫޒަރ ޕްރޮފައިލާ ގުޅިފައި ވެދާނެ އެވެ. މި ޚިދުމަތް ބޭނުންކުރުމުގެ ކުރިން ޔޫޓިއުބު އެކައުންޓުން ލޮގްއައުޓްވެފައި، އެއާ ގުޅޭ ކުކީސް ފުހެލުމުން މި ގުޅުން ކަނޑުވާލެވިދާނެ އެވެ. 

ތިބާގެ މަޢުލޫމާތު ގޫގަލް އިން އެއްކޮށް، ބޭނުންކޮށް އަދި ޙިއްޞާކުރާ ގޮތާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް ވަންނަވާ ގޫގަލްގެ ޕްރައިވެސީ ޕޮލިސީ.

އިޝްތިހާރު ކުރުމުގައި ގޫގަލް އިން ކުކީސް ބޭނުންކުރާ ގޮތް ހޯދުމަށް އިތުރު މަޢުލޫމާތު ހޯދުމަށް ވަންނަވާނީ ގޫގަލްގެ އިޝްތިހާރުކުރުމުގެ ޞަފްޙާ.

ގޫގަލް އެނަލިޓިކްސް އިން ތިބާގެ ޑޭޓާ ބޭނުންކުރުން ދުރުކުރުވުމަށް ޓަކައި ތިބާ އިންސްޓޯލްކުރާނީ ގޫގަލްގެ އޮޕް-އައުޓް ބްރޯޒަރ އެޑް-އޮން.

ތިބާގެ ޝައުޤުވެރިކަމަށް އަމާޒުކޮށްފައިވާ ގޫގަލްގެ އިޝްތިހާރުތަކުން ބޭރުވުމަށް ޓަކައި ބޭނުންކުރާނީ ތިބާގެ ގޫގަލްގެ އެޑް ސެޓިންގތަކެވެ

ތިބާ ހުރީ އީއީއޭ، ސްވިޒަރލޭންޑް، ނުވަތަ އިނގިރޭސިވިލާތު ގައި ނަމަ، ކޮކާ ކޯލާ ޕްރައިވެސީ ޕްރެފަރެންސް ސެންޓަރު ގައި ތިބާ ގޫގަލްގެ ކުކީސްތައް ހުއްދަކުރާ ކަމުގައި ވާ ނަމަ، އެ ޚިދުމަތް ބޭނުންކުރުމާ ބެހޭގޮތުން އެ ކުކީސް އިން ނެރޭ މަޢުލޫމާތުތައް ފޮނުވޭނީ އަދި ގޫގަލް އިން ރައްކާކޮށްފައި ހުންނާނީ އެމެރިކާ ގައި ހުންނަ ސާރވާތަކުގައެވެ. ކޮކާ ކޯލާއިން ގޫގަލް އައިޕީ ނޭނގޭ ގޮތް ހެދުމުގެ ޓޫލް ހިމެނޭ ގޮތަށް ޓެކްނޮލޮޖީ ޓޫލްތަކާއި، ތިބާގެ ޑޭޓާ ޝެއަރިންގ ޑިއެކްޓިވޭޓް ކުރުމުގެ ޓޫލްތަކާއި، ގޫގަލް ސިގްނަލްތަކާއި، ގޫގަލް އެނަލިޓިކްސް ގައި ހުންނަ ޔޫޒަރ އައިޑީ ސެޓިންގތައް ބައެއް ޤާނޫނީ ސަރަޙައްދުތަކުގައި ބޭނުންކޮށްފައިވަނީ، ގޫގަލް އިން އެމެރިކާ އަށް ޑޭޓާ ފޮނުވާލުމުގެ ކުރިން ތިބާގެ އައޕީގެ ފަހު ބައި އުނިކޮށްލުމަށެވެ.  ގޫގަލް އިން ގެންގުޅޭ އެއްވެސް އެހެން ޑޭޓާއަކާ އައިޕީ އެޑްރެސް ނުގުޅުވާނެ އެވެ. 

ކޮކާ ކޯލާގެ ފަރާތުން މަތީގައިވާ ޑޭޓާ، ރިޕޯޓް އެކުލަވާލުމަށާއި، ކޮކާ ކޯލާ އޮޕަރޭޓްކޮށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން ގޫގަލް އިން ބޭނުންކުރާނެ އެވެ.

މެޓަގެ އުފެއްދުންތައް
ފޭސްބުކް، އިންސްޓަގްރަމް، މެސެންޖަރ، އަދި ފޭސްބުކް އެޕްތަކުން ފޯރުކޮށްދޭ އުފެއްދުންތަކާއި، ފީޗަރތައް މި ޚިދުމަތުގެ ބައެއް ތަންތާނގައި ބޭނުންކުރެއެވެ. (މެޓަ އުފެއްދުންތައް). މެޓަ އުފެއްދުންތަކުގައި ބޭނުންކުރަނީ ޓެގްތަކާއި، ޕިކްސެލްތަކާއި މެޓަ ޕިކްސެލް) އަދި ބޭނުންކުރާ މީހުންގެ މަޢުލޫމާތުތައް (ޒާތީ މަޢުލޫމާތު ހިމެނޭގޮތަށް) މި ޚިދުމަތުން އެއްކުރާ އެހެން ޚާއްޞަ ޓްރޭކިންގ ކޯޑާއި، ޓެކްނޮލޮޖީ އެވެ. ފޭސްބުކުން ބޭނުންކުރާ މީހުން ޚިދުމަތާއެކު ކުރާ މުޢާމަލާތްތައް ޓްރެކްކުރަނީ،ބޭނުންކުރާ މީހާފޭސްބުކް ނުވަތަ މެޓައިން ފޯރުކޮށްދޭ އެހެން ޚިދުމަތެއް ގައި ހުންނަ އިޝްތިހާރަކަށް ފިއްތާލުމަށް ފަހުގައެވެ. ވާހަކަދެއްކުން) އަދި ކޮކާ ކޯލާ އަށް އިތުރަށް އެނގޭ ގޮތް ހެދުމަށް ބޭނުންކުރާ މީހުން އިޝްތިހާރުތަކާ މުޢާމަލާތްކުރަނީ ކިހިނެއް އަދި އެއާ އެއްފަދަ މަޢުލޫމާތެވެ.  މެޓަގެ އުފެއްދުންތަކުގައި އެއްކުރެވޭ ޑޭޓާ ބޭނުންކުރަނީ، މެޓަގެ އުފެއްދުންތައް ކުރިއެރުވުން ހިމެނޭ ގޮތަށް،މެޓަ ގެ އަމިއްލަ މަޤްޞަދުތަކަކަށެވެ. އެ މީހުންގެ ޚިދުމަތުން އެއްކުރާ ޑޭޓާ މެޓަ އިން އެމެރިކާ އާއި، ތިބާގެ ޒާތީ މަޢުލޫމާތާ ގުޅިގެން ތިބާ އަށް މަދު ޙައްޤުތަކެއް ލިބޭ ޤައުމުތަކަށް ވެސް ޓްރާންސްފަރކޮށްފާނެ އެވެ. މެޓަ އުފެއްދުންތަކުން ޒާތީ މަޢުލޫމާތު އެއްކޮށް، ބޭނުންކޮށް އަދި ޕްރޮސެސްކުރުމާއި، އަދި ތިބާއާ ބެހޭ ޒާތީ މަޢޫލޫމާތު މެނޭޖް ނުވަތަ ފުހެލާނެ ގޮތް ބޮޑަށް ދަސްކުރުމަށް ޓަކައި މެޓަ އުފެއްދުންތަކުގެ ޕްރައިވެސީ ޕޮލިސީ ބައްލަވާށެވެ. https://www.facebook.com/about/privacy.

ތިބާގެ ކުކީސް އިޚްތިޔާރުތައް
ހުރިހާ ކުކީސް ބަލައިނުގަންނަ ގޮތަށް ނުވަތަ ކުކީއެއް ސެޓްކުރާނެ ވަގުތު ތިބާގެ ބްރޯޒަރ ތިބާ އަށް ސެޓްކުރެވޭނެ އެވެ. (ގިނަ ބްރޯޒަރތަކުން އޮޓޮމެޓިކުން ކުކީސް ބަލައިގަނެއެވެ. އެކަމަކު އެ ޑިސްއޭބަލްކުރުމަށް ތިބާއަށް ފުރުޞަތުދެއެވެ. އެކަމަކު ޚިދުމަތުގެ ބައެއް ފީޗަރތައް ކުކީސް އާ ނުލައި މަސައްކަތްނުކުރާނެ ކަން ނޯޓުކުރާށެވެ.) 

މަތީގައި ބަޔާންކުރެވިފައި ވާ ފަދައިން، ގޫގަލް އިން ވަނީ އޮޕްޓް-އައުޓް ބްރޯޒަރ އެޑް-އޮން އެއް ވަނީ އުފައްދާފައެވެ. އެއީ، ގޫގަލް އެނަލިޓިކްސް އަށް ބޭނުންކުރާ ކުކީސް އިން ތިބާ އޮޕްޓް-އައުޓްކުރަން ބޭނުންވާ ނަމަ އެވެ. ތިބާގެ ވެބް ބްރޯޒަރ އަށް އެޑް-އޮން މިތަނުން ޑައުންލޯޑްކުރެވިދާނެ އެވެ. . ތިބާގެ ބްރޯޒަރގެ ކަމާބެހޭ ސެޓިންތައް އިޚްތިޔާރުކޮށްގެން މި ކުކީސް ބޭނުންކުރުމަށް އިޢުތިރާޒުކުރެވިދާނެ އެވެ. މެޓަ އުފެއްދުންތަކުގައި ތިބާގެ މަޢުލޫމާތު ބަލައި، މެނޭޖްކުރާނެ ގޮތް ބޮޑަށް ދަސްކުރުމަށް، ބައްލަވާ މިތާ

ކުކީސް މެނޭޖްކުރުމަށް ޓަކައި މި ޕްރައިވެސީ ޕޮލިސީ އާ ޓޫލްތަކާ ވަކިން، މި ޚިދުމަތް ލިބެންހުރި ވަކި ޚާއްޞަ ޤާނޫނީ ސަރަޙައްދުތަކެއް ގައި ވެސް ކުކީސް ޕޮލިސީތައް ހުރެއެވެ. ތަފްޞީލު ހޯއްދެވުމަށް ސެކްޝަން 9 ބައްލަވާ

6. ކޮކާ ކޯލާ އިން ޒާތީ މަޢުލޫމާތު ޙިއްޞާކުރަނީ ކިހިނެއް ހެއްޔެވެ؟

ކޮކާ ކޯލާ އިން ޒާތީ މަޢުލޫމާތު ޙިއްޞާކުރަނީ ޚިދުމަތްތައް އޮޕަރޭޓްކުރުމަށާއި، އަޅުގަނޑުމެންގެ ވިޔަފާރި ކުރުމަށާއި، އަޅުގަނޑުމެންނަށް ޤާނޫނީގޮތުން ކުރުމުގެ ހުއްދަ ނުވަތަ ކުރަންޖެހޭ އިރު އެހީތެރިވާ މީހުންނާއި، ވިޔަފާރިތަކާ އެވެ. ބޭނުންކުރާ މީހަކު އެދުމުން، އަޅުގަނޑުމެން ޒާތީ މަޢުލޫމާތު ޙިއްޞާކުރަމު އެވެ. ބޭނުންކުރާ މީހުންނަށް ތަފާތު ޕްރައިވެސީ ޕޮލިސީއެއް ނުވަތަ ނޯޓިސްއަކަށް ޢަމަލުކުރާނެ ކަމަށް ނާންގާހާ ހިނދަކު އަޅުގަނޑުމެންގެ ކިބައިން ޒާތީ މަޢުލޫމާތު ލިބޭ ފަރާރްތަކުން މި ޕްރައިވެސީ ޕޮލިސީ އަށް ޢަމަލުކުރަން އަޅުގަނޑުމެން އެދެމެވެ.

ކޮކާ ކޯލާ އިން ޙިއްޞާކުރަނީ ތިރީގައިވާ ގިންތިތަކަށް ފެތޭ ލިބޭމީހުންގެ ޒާތީ މަޢޫލޫމާތު:

  • ޤާނޫނީ ވަކީލުންނާއި، އެކައުންޓެންޓުންނާއި، އިންޝުއަރކުރާ މީހުންނާއި، އިންފޯމޭޝަން ސެކިއުރިޓީ އަދި ފޮރެންސިކް ތަޖްރިބާކާރުން.
  • ޚިދުމަތްތައް (އީމެއިލް މާކެޓިންގ ފަދަ) ޕްރޮމޯޓްކުރުމަށާއި، ބޭނުންވާ ވަގުތުތަކުގައި މިހާރުވެސް އަޅުގަނޑުމެން އަތުގައި ހުރި ޒާތީ މަޢޫލޫމާތަށް އިތުރު މަޢުލޫމާތު ދިނުމަށް އެހީތެރިވާ މާކެޓިން ވެންޑަރުން. މިސާލަކަށް، އޭގެ ޕްލެޓްފޯމްތަކުގައި ވަކިވަކި މީހުންނަށް އަމާޒުކޮށްފައިވާ އިޝްތިހާރުކުރުމަށާއި، މި އިޝްތިހާރުކުރުމުގެ އަސަރު ވަޒަންކުރުމަށް އެހީތެރިވުމަށް ޓަކައި، މި ޚިދުމަތް ބޭނުންކުރުމާ ގުޅޭ ވަކި ޚާއްޞަ ޑޭޓާ މެޓަ އަށް ލިބެއެވެ. 
  • ޑޭޓާ ތަޙްލީލުކުރުމާއި، ޑޭޓާ ސެކިއުރިޓީ އާއި، އީކޮމާސް އޮޕަރޭޝަންތަކާއި، ސާވޭތަކާއި، ރިސާރޗް އާއި، ޕްރޮމޯޝަންތައް ހިންގުމާއި، އޮފަރތަކާއި ލޯޔަލްޓީ ޕްރޮގްރާމްތަކާއި، އެހެން ނޫނަސް އަޅުގަނޑުމެންގެ ވިޔަފާރި ކުރިއެރުވުމަށް އެހީތެރިވުން ހިމެނޭ ގޮތަށް ޚިދުމަތްދޭ ފަރާތްތަކުން އަޅުގަނޑުމެންގެ ބަދަލުގައި ޚިދުމަތްދިނުމަށް މަގުފަހިކުރުން. މި ޚިދުމަތްދޭ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަކީ ދުނިޔޭގެ ފެންވަރުގެ ޒިއްމާތައް އޮތް ބައެކެވެ.
  • ސްޕޯޓްސް ލީގްތަކާއި، އުފެއްދުންތެރިންނާއި، ކޮމްޕްލިމެންޓަރީ ގޮތުން ދޭ އެއްޗެހި ފޯރުކޮށްދޭ ފަރާތްތައް ފަދަ ސްޓްރެޓީޖިކް ޕާޓްނަރޝިޕްތައް.
  • ސެކްޝަން 4 ގައި ކިޔައިދީފައިވާ ގޮތަށް ޑޭޓާ ކްލީން ރޫމްތައް މެދުވެރިކޮށް. ޑޭޓާ ކްލީން ރޫމެއް ގައި ޑޭޓާ ޙިއްޞާކުރުމުގެ ބޭނުމަކީ، އޯޑިއެންސް ޑީސްކަވަރީ އާއި، އޯޑިއެންސް ފުޅާކުރުމާއި، އޯޑިއެންސަށް އަމާޒުކުރުމާއި، އެއްވައްތަރުގެ އޯޑީއެންސް މޮޑެލިންގ އެވެ. 
  • ކްލައުޑް ސްޓޮރޭޖް ފޯރުކޮށްދޭ ފަރާތްތައް.
  • އަޅުގަނޑުމެންގެ ވިޔަފާރީގެ ބައެއް ގައި ނުވަތަ އެއްކޮށް މުޅި ވިޔަފާރި އެއްކުރުމުގެ ހުށަހެޅުމެއް، ގަތުން ނުވަތަ އިންވެސްކުރުމާ ގުޅޭ ވާންއުޅޭ ނުވަތަ އަޞްލު ގަންނަ ނުވަތަ އިންވެސްޓަރުންނާއި، އެ މީހުންގެ ޕްރޮފެޝަނަލް އެޑްވައިޒަރުން. މި ޕްރައިވެސީ ޕޮލިސީގެ ޝަރުޠުތައް، ޓްރާންސެކްޝަނަށް ފަހު ނުވަތަ ޒާތީ މަޢުލޫމާތަށް ޢަމަލުކުރެވޭކަން ނުވަތަ ޒާތީ މަޢުލޫމާތުތައް ޕްރޮސެސްކުރުމަށް އަންނަ ބަދަލުތަކުގެ ނޯޓިސް ބޭނުންކުރާ މީހުންނަށް ކުރިއާލާ އަންނަ ބަދަލެއްގެ ނޯޓިސް ލިބޭނެކަން އަޅުގަނޑުމެންނަށް ވީ ވަރަކުން ކަށަވަރުކުރާނަމުއެވެ.
  • ކޮކާ ކޯލާ އާ ގުޅިފައިވާ ފަރާތްތަކާއި، ފުޅީ ބަންދުކުރުމުގެ ޕާޓްނަރުން.
  • ހާމަކުރުން ޒަރޫރީ ކަމަށް އަޅުގަނޑުމެން ދެކޭ އިރު، ހަރުދަނާ ޤާނޫނު ތަންފީޒުކުރުމާއި، ސަރުކާރުގެ ރެގިއުލޭޓަރުންނާއި، ކޯޓުތައް (i) ޤާނޫނަށް ޢަމަލުކުރުމަށް، (ii) ޤާނޫނީ ޙައްޤުތައް ދީ، ޤާއިމްކޮށް ނުވަތަ ޤާނޫނީ ޙައްޤު ދިފާޢުކުރުން، ނުވަތަ (iii) ބޭނުންކުރާ މީހުންނާއި، ވިޔަފާރީގެ ޕާޓްނަރުންނާއި، ޚިދުމަތްދޭ ފަރާތްތައް ނުވަތަ އެހެން ތިން ވަނަ ފަރާތެއްގެ ކޮންމެހެން މުހިއްމު މަޞްލަޙަތުތައް ޙިމާޔަތްކުރުން.
  • ތިބާގެ އިޒުނައާ އެކު އެހެން ތިން ވަނަ ފަރާތްތައް.

އަޅުގަނޑުމެން ޒާތީ މަޢުލޫމާތު ޙިއްޞާކުރާ ނަމަ، އެ ލިބޭ ފަރާތްތަކުން ޒާތީ މަޢުލޫމާތުތައް މި ޕްރައިވެސީ ޕޮލިސީ އާއި، އ އަދި އަޅުގަނޑުމެންގެ ސިއްރު ހިފެހެއްޓުމާއި ސެކިއުރިޓީ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިނ ގެންގުޅެން އަޅުގަނޑުމެން ޝަރުޠުކުރަމުއެވެ. 

7. ކޮކާ ކޯލާ އިން ޒާތީ މަޢުލޫމާތު ރައްކާތެރިކުރަނީ ކިހިނެއް ހެއްޔެވެ؟

އަޅުގަނޑުމެންނާ ޙަވާލުކުރެވިފައިވާ ޒާތީ މަޢުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ކަންތައް ކޮކާ ކޯލާއިން ކުރެއެވެ. ޒާތީ މަޢުލޫމާތު ހުއްދަނެތް ގޮތުގައި ހޯދުމާއި، ބޭނުންކުރުމުން ރައްކާތެރިކުރުމަށް އަޅުގަނޑުމެންނަށް އެހީއެއްގެ ގޮތުގައި އަޅުގަނޑުމެން ތަފާތު އެކި ފިޔަވަޅުތައް އަޅަމުއެވެ.

އަޅުގަނޑުމެން ޕްރޮސެސްކުރާ ޒާތީ މަޢުލޫމާތުތައް ރައްކާތެރިކުރުމުގެ މަޤްޞަދުގައި ކޮކާ ކޯލާއިން ޓެކްނިކަލް، ފިޒިކަލް އަދި ހިންގުމުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައެވެ. އަޅުގަނޑުމެންގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފަރުމާކުރެވިފައިވަނީ، ތިބާގެ ޒާތީ މަޢޫލޫމާތުތައް ޕްރޮސެސްކުރުމުގެ ނުރައްކަލާ މުނާސަބު ލެވެލެއްގެ ސެކިއުރިޓީއެއް ފޯރުކޮށްދިނުމެވެ. އޭޣެ ތެރޭގައި ހިމެނެނީ، (ގުޅޭ ގޮތަކުން) މިހާރު ކުރިޔަށް ދާ ސިއްރުހިފެހެއްޓުމާއި، ނަޒާހަތްތެރިކަމާއި، ލިބެންހުރުމާއި، ޕްރިސެސިންގ ނިޒާމުގެ އިތުބާރާއި، އާދަކޮށް ޓެސްޓުކުރުމުގެ އިޖްރާއަތަކާއި، ޒާތީ މަޢުލޫމާތު ޕްރޮސެސްކުރމުގެ ސެކިއުރިޓީގެ ޔަޤީންކަމަށް ޓަކައި ޓެކްނިކަލް އަދި އިދާރީ ފިޔަވަޅުތައް އެސެސްކުރުމާއި އިވެލުއޭޓްކުރުމަށެވެ. އެހެންނަމަވެސް، ޒާތީ މަޢުލޫމާތު ޕްރޮސެސްކުރުމާ ގުޅިފައިވާ ސެކިއުރިޓީ ރިސްކުތައް އެއްކޮށް ކޮކާ ކޯލާ އަކަށް ނައްތައެއް ނުލެވޭނެ އެވެ. 

ތިބާގެ އެކައުންޓުގެ ބައިތައް ސެކިއުރިޓީ ބެކލެހެއްޓުމަކީ ތިބާގެ ޒިއްމާއެކެވެ. ތިބާގެ އެކައުންޓް ގެ ތެރެއިން ޚިދުމަތްތަކަށް ވަދެވޭ ވަނުން ކޮކާ ކޯލާ އިން ބަލާނީ ތިބާ އެކަމަށް ހުއްދަދީފައިވާ ކަމަށެވެ. 

ސެކިއުރިޓީ ފޫދުއްވާލައިފި ކަމަށް އަޅުގަނޑުމެންނަށް ޝައްކުކުރެވި ނުވަތަ ފާހަގަކުރެވިއްޖެ ނަމަ، ކުރިއާލާ އެންގުމަކާ ނުލައި، ތިބާ ޚިދުމަތް އެއްކޮށް ނުވަތަ އޭގެ ބައެއްގެ ބޭނުންކުރުން ކޮކާ ކޯލާ އިން ސަސްޕެންޑްކޮށްފާނެ އެވެ. ތިބާ ކޮކާ ކޯލާ އަށް ފޯރުކޮށްދިން މަޢުލޫމާތު ނުވަތަ ތިބާގެ އެކައުންޓް ރައްކާތެރި ނޫން ކަމަށް ތިބާ އަށް ޤަބޫލުކުރެވޭ ނަމަ މި އީމެއިލް މެދުވއެރިކޮށް ވަގުތުން އަޅުގަނޑުމެންނަށް އަންގަވށެވެ. Privacy@coca-cola.com.

ތިބާގެ ޒާތީ މަޢުލޫމާތުގެ ސެކިއުރިޓީ އަށް އަސަރުކުރާ ވަރުގެ ފޫއެޅުވުމެއް ގެ މަޢުލޫމާތު އަޅުގަނޑުމެންނަށް އެނގިއްޖެ ނަމަ ކަމާ ބެހޭ ޤާނޫނުގައިވާ ވާ ގޮތަށް ނޯޓިސްއެއް ފޯރުކޯށްދޭނަމެވެ. ކަމާ ބެހޭ ޤާނޫނުން ހުއްދަދޭ އިރަކުން، ކޮކާ ކޯލާ އިން މި ނޯޓިސް ތިބާ އަށް ދޭނީ ތިބާގެ އެކައުންޓާ ގުޅިފައިވާ އީމެއިލް އެޑްރެސް ބޭނުންކޮށްގެން ނުވަތަ ތިބާގެ އެކައުންޓާ ގުޅިފައިވާ ހުއްދަ އޮތް އެހެން ގޮތެއް ބޭނުންކޮށްގެންނެވެ.

ސްކްރެޕިންގ ހިމެނޭ ގޮތަށް – ހުއްދަނެތީސް ޚިދުމަތްތަކުން ޒާތީ މަޢުލޫމާތު ހޯދުމަކީ މަނާކުރެވިފައިވާ ކަމެކެވެ. އަދި ޖިނާއީ ގޮތުން ދަޢުވާކުރެވިދާނެ އެވެ.

8. ކޮކާ ކޯލާ އިން ޒާތީ މަޢުލޫމާތު ބަހައްޓަނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟

ބޭނުންކުރާ މީހެއްގެ ޒާތީ މަޢުލޫމާތު އަޅުގަނޑުމެން ބަހައްޓަނީ ބޭނުންކުރާ މީހާގެ އެކައުންޓް އެކްޓިވްވާހާ ދުވަހަކަށެވެ. އެހެންނޫނީ، މަތީގައިވާ ސަބަބުތަކަށް ޓަކައި ބޭނުންވާހާ ދުވަހަކަށެވެ. ޤާނޫނީ ޒިއްމާތައް އަދާކުރުމަށާއި، ޑިސްޕިއުޓް ހަމަޖެއްސުމަށާއި، އަޅުގަނޑުމެންގެ އެއްބަސްވުންތަކަށް ޢަމަލުކުރުމަށް ބޭނުންވާހާ ދުވަހަކަށް އަޅުގަނޑުމެން ޒާތީ މަޢުލޫމާތު ބަހައްޓަމެވެ. 

ތިވާގެ ޒާތީ މަޢުލޫމާތުތައް ތެދުކޮށް އަދި އަދާހަމަކޮށް ބެހެއްޓުމަށް އަޅުގަނޑުމެން ގަސްތުކުރަމެވެ. މި ޕްރައިވެސީ ޕޮލިސީގެ ދަށުން އަޅުގަޑުމެން ބަލަހައްޓާ ޒާތީ މަޢުލޫމާތުތައް އަޅުގަނޑުމެން ބަހައްޓަނީ، އަޅުގަނޑުމެންގެ ޑޭޓާ ބެހެއްޓުމުގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.  (މަޢުލޫމާތު) ބެހެއްޓާނެ މުއްދަތު ކަނޑައަޅާ އިރު، ތިބާ އެދިފައިވާ ނުވަތަ ތިބާ އަށް ފޯރުކޮށްދިފައިވާ އުފެއްދުންތަކާއި ޚިދުމަތްތަކުގެ ވައްތަރާއި، ތިބާއާ އެކު އަޅުގަނޑުމެން އޮންނަ ގުޅުމުގެ ވައްތަރާއި ދިގުމިނާއި، ކަމާ ބެހޭ ޤާނޫނުގެ ދަށުން ލާޒިމުކުރާ (މަޢުލޫމާތު) ބެހެއްޓުމުގެ މުއްދަތުތައް ފަދަ އެތަކެއް މިންގަނޑުތަކަކަށް އަޅުގަޑުމެން ރިޢާޔަތްކުރަމުއެވެ. (މަޢުލޫމާތު) ބަހައްޓަންޖެހޭ މުއްދަތު ނިމޭ އިރު، އަޅުގަނޑުމެން ފުހެލާ ނުވަތަ ޒާތީ މަޢުލޫމާތު ވަކި މީހަކު ނޭނގޭ ގޮތަށް ހެދުން، ނުވަތަ އަޅުގަނޑުމެންނަށް ފުހެނުލެވޭ ނަމަ ނުވަތަ ޒާތީ މަޢުލޫމާތު ކާކު ކަން ނޭނގޭ ގޮތަށް ނެހެދިއްޖެ ނަމަ، ދެން، ފުހެލެވެންދެން ނުވަތަ ކާކުކަން ނޭނގޭ ގޮތަށް ހެދެންދެން އަޅުގަނޑުމެން ޒާތީ މަޢުލޫމާތު ވަކިކޮށް ރައްކާތެރިކޮށް ބަހައްޓަމެވެ. 

ޒާތީ މަޢުލޫމާތު ކާކުކަން ނޭނގޭ ގޮތަށް ހެދުމުން އެއީ ދެން އޭގެ ފަހުން ޒާތީ މަޢުލޫމާތެއް ނޫނެވެ. ކާކު ކަން ނޭނގޭ ގޮތަށް ހުންނަ ޑޭޓާ އަޅުގަނޑުމެން ބޭނުންކުރަނީ ކަމާ ބެހޭ ޤާނޫނަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ..

9. ޒާތީ މަޢުލޫމާތަށް ލިބިގެންވަނީ ކޮން އިޚްތިޔާރުތަކެއް ހެއްޔެވެ؟

ކޮކާ ކޯލާއިން ތިބާގެ ޒާތީ މަޢުލޫމާތު ގެންގުޅޭ ގޮތާ ބެހޭ އިޚްތިޔާރުތައް ތިބާ އަށް ނެގޭނެ އެވެ. ތިބާގެ ޕްރައިވެސީ ޙައްޤުތަކުގެ ބޭނުން، މި ސެކްޝަން 9 ގައި ވާ ގޮތަށް ކޮކާ ކޯލާއާ ގުޅައިގެން ނުވަތަ ތިބާގެ ބްރައުޒަރ ލިބެން ހުންނަ ނުވަތަ ކޮކާ ކޯލާއިން ފެންނަ ގޮތަށް ހަދާފައިވާ ތަފާތު އެކި ޓޫލްތައް ބޭނުންކޮށްގެން ކުރެވޭނެ އެވެ. ބައެއް ޙާލަތްތަކުގައި، ތިބާގެ ޒާތީ މަޢުލޫމާތު ހޯދައި، ކޮންޓްރޯލްކުރުމަށް ތިމާއަށް އޮންނަ ބާރު ކަމާ ބެހޭ ޤާނޫނުން ހަނިކުރެއެވެ.

މޯބައިލް އާލާތުގެ ބޭނުންވާ ކަންތައްތައް
މޯބައިލް އޮޕަރޭޓިންގ ސިސްޓަމްތަކާއި އެޕް ޕްލެޓްފޯމްތަކުގައި (މިސާލަކަށް ގޫގަލް ޕްލޭ، އެޕް ސްޓޯރ) ކޮންޓެކްޓްސް އަށް އެކްސެސް އާއި، ޖިއޯ ލޮކޭޝަން ޚިދުމަތާއި، ޕުޝް ނޮޓިފިކޭޝަންތައް ފަދަ ވަކި ވައްތަރުތަކެއްގެ މޯބައިލް އާލާތްތަކަށް ހުއްދަދޭ ސެޓިންގތައް ވެއެވެ. ކޮންސެންޓް ދިނުމަށް ނުވަތަ ވަކި މަޢުލޫމާތެއް އެއްކުރުމުގެ ހުއްދަ ނުދިނުމަށް އަދި/ނުވަތަ ޕުޝް ނޮޓިފިކޭޝަން އަށް ތިބާގެ މޯބައިލް އާލާތުގެ ސެޓިންގތައް ބޭނުންކުރެވިދާނެ އެވެ. ޕާމިޝަންތައް ޕުޝް ނޮޓިފިކޭޝަން ބަދަލުކުރިޔަދޭ ސެޓިންގތައް ވަކި އެޕްތަކެއް ގައި ހުރެދާނެ އެވެ. ބައެއް އެޕްތަކުގައި، ސެޓިންގތައް ބަދަލުކުރުމުން، އެޕްގެ ވަކި ކަންތައްތަކެއް ބަރާބަރަށް މަސައްކަތް ނުކޮށްފާނެ އެވެ.

އެޕް އަންއިންސްޓޯލް ކޮށްގެން އެޕުން ހުރިހާ މަޢުލޫމާތެއް އެއްކުރުން ހުއްޓުވައިލެވިދާނެ އެވެ. ތިބާ އެޕް އަންއިންސްޓޯލް ކޮށްފިނަމަ، ތިބާގެ މޯބައިލް އާލާތުން ޔުނީކް އައިޑެންޓިފަޔަރ އާއި، ތިބާ އެޕް ބޭނުންކުރުމާ ގުޅިފައިވާ އެހެން ޙަރަކާތްތައް ފުހެލެވިއްޖެކަން ޔަޤީންކުރުމަށް ޓަކައި، ތިބާގެ އޮޕަރޭޓިންގ ސިސްޓަމްގެ ސެޓިންގތައް ޗެކްކުރުމަށް ވިސްނަވާށެވެ. 

ކޮކާ ކޯލާގެ އީމެއިލްތަކާއި ޓެކްސްޓް މެސެޖްތަކުން އޮޕްޓް-އައުޓްކުރުން
ކޮކާ ކޯލާ އިން ޕްރޮމޯޝަނަލް އީމެއިލްތައް ލިބުން ހުއްޓުވުމަށް ޓަކައި، އީމެއިލްގެ ތިރީގައިވާ “އަންސަބްސްކްރައިބް” ލިންކަށް ފިތާލައްވާށެވެ. ތިބާ އޮޕްޓް އައުޓް ކުރުމަށް ފަހު، ގަންނަ އެއްޗެހީގެ ރިސިޓް ނުވަތަ ތިބާގެ އެކައުންޓާ ބެހޭ އިދާރީ މަޢުލޫމާތު ފަދަ ޕްރޮމޯޝަނަލް ނޫން މުވާޞަލާތުތައް ތިބާ އަށް އަޅުގަނޑުމެން ފޮނުވަފާނެއެވެ. 

އެޕަކުން ޕުޝް ނޮޓިފިކޭޝަން ފަދަ ނޮޓިފިކޭޝަން ބޭނުންވާ ގޮތް ބަދަލުކުރުމުގެ ހުއްދަ، ތިބާގެ އެކައުންޓް ސެޓިންގތަކުގެ ތެރެއިން ދީފާނެއެވެ. 

ޕްރޮމޯޝަނަލް ޓެކްސްޓް މެސެޖްތައް (އެސްއެމްއެސް ނުވަތަ އެމްއެމްއެސް) ލިބުން ހުއްޓުވުމަށް ޓަކައި، އަޅުގަނޑުމެންގެ ފަރާތުން ޕްރޮމޯޝަނަލް ޓެކްސްޓް މެސެޖް ލިބުން ހުއްޓުވުމަށް އެދޭ ކަމަށް ރިޕްލައި މެސެޖެއް – “ސްޓޮޕް” މި ބަސް ޓެކްސްޓްކުރުން ފަދަ - ފޮނުވާށެވެ. ތިރީގައިވާ “ކޮންޓެކްޓިންގ އަސް” ސެކްޝަން ގައި ކިޔައިދީފައިވާ ގޮތަށް އަޅުގަނޑުމެންނަށް އެންގިދާނެ އެވެ. ތިބާ ދެން ލިބެން ބޭނުންނުވަނީ ކޮން ވައްތަރެއްގެ މުވާޞަލާތެއް ތޯ ކަނޑައަޅައި، އެއާއެކު ފޯނު ނަމްބަރ، އެޑްރެސް، އަދި/ ނުވަތަ އީމެއިލް އެޑްރެސް ދެއްވާށެވެ. އަޅުގަނޑުމެންގެ ފަރާތުން މާކެޓިންގއާ ގުޅޭ މެސެޖްތައް ލިބެން ބޭނުން ނޫން ކަމަށް އޮޕްޓް-އައުޓް ކުރާ ނަމަ، އަޅުގަނޑުމެން އަދި ވެސް ތިބާގެ އެކައުންޓްތަކާއި، ގަތުމާ ބެހޭ އީމެއިލްތައް ފަދަ މުހިއްމު އިދާރީ މެސެޖުތައް ފޮނުވަފާނެ އެވެ.

މި ޕްރައިވެސީ ޕޮލިސީ ގައި ބަޔާންކޮށްފައި ނުވާ ޕްރައިވެސީ ޙައްޤުތަކެއް ދީފައިވާ ޕްރައިވެސީ ޤާނޫނުތައް ހުރި ޖުރިސްޑިކްޝަންއެއް ގައި ތިބާ ވެއްޖެ ނަމަ، އަޅުގަނޑުމެންނާ ގުޅުއްވށެވެ. PRIVACY@COCA-COLA.COM. ތިބާގެ ޕްރައިވެސީ ޙައްޤުތަކަށް އަޅުގަނޑުމެން އިޙްތިރާމްކުރަމު އެވެ. އަދި ތިބާ އެދޭ ކަންތައްތައް ކުރެވޭ ތޯ އަޅުގަނޑުމެން ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކުރާނަމު އެވެ.

10. ކޮކާ ކޯލާ އިން ކުޑަކުދިންގެ ޕްރައިވެސީ ރައްކާތެރިކުރަނީ ކިހިނެއް ހެއްޔެވެ؟

ބައެއް ޚިދުމަތްތަކުގައި ޢުމުރުގެ ޙުދޫދުތައް ހުރެއެވެ. އޭގެ މާނައަކީ، އެ ޚިދުމަތްތައް ބޭނުންކުރުމުގެ ހުއްދަ އަޅުގަނޑުމެން ދިނުމުގެ ކުރިން ތިބާގެ ޢުމުރު ޔަޤީންކުރުމަށް ޓަކައި، އަޅުގަނޑުމެން ސުވާލުތަކެއް ކޮށްފާނެއެވެ. 

އަޅުގަނޑުމެންގެ އާ އެއްގޮތަށް ރތެސްޕޮންސިބަލް މާކެޓިން ޕޮލިސީ 13 އަހަރުން ދަށުގެ ކުދިންނަށް ކޮކާ ކޯލާ އިން އަޅުގަނޑުމެންގެ އުފެއްދުންތަކުގެ މާކެޓިންގ ނުކުރެއެވެ. ޢުމުރުން 13 އަހަރުން ދަށުގެ ނުވަތަ އެ ތަނެއްގެ ޤާނޫން ކަނޑައަޅާފައިވާ ޢުމުރުން ދަށުގެ ކުއްޖަކު، ބެލެނިވެރިއެއްގެ ހުއްދައާ ނުލައި އަޅުގަނޑުމެންނަށް ޒާތީ މަޢުލޫމާތު ދީފައިވާ ކަން ތިބާ އަށް އެނގިއްޖެ ނަމަ، އަޅުގަނޑުމެންގެ ޕްރައިވެސީ އޮފީހަށް privacy@coca-cola.com އަށް މުވާޞަލާތުކުރައްވާށެވެ. އަޅުގަނޑުމެންނަށް އެނގުމުން، ކަމާބެހޭ ޤާނޫނުގައިވާ ގޮތަށް ކުޑަކުއްޖާގެ ޒާތީ މަޢުލޫމާތު އުނިކުރުމަށް އަޅުގަނޑުމެން ފިޔަވަޅުއަޅާނަމެވެ.

11. ކޮކާ ކޯލާ އިން ޒާތީ މަޢުލޫމާތު އެހެން ޤައުމުތަކަށް ޓްރާންސްފަރކުރޭ ހެއްޔެވެ؟

އަޅުގަނޑުމެންނާއި، އަޅުގަނޑުމެންގެ ސަޕްލަޔަރުންނާއި، ވިޔަފާރީގެ ޕާޓްނަރުން އޮޕަރޭޓްކުރާ ކޮންމެ ތަނަކަށް، ބޯޑަރު ހުރަސްކޮށް ކޮކާ ކޯލާ އިން ޒާތީ މަޢުލޫމާތު ޓްރާންސްފަރ ކޮށްފާނެ އެވެ. ތިބާ ހުންނަ ތަނުގެ ޤާނޫނުތަކާ ތަފާތު ޑޭޓާ ޙިމާޔަތްކުރުމުގެ ޤާނޫނުތައް (އަދި ބައެއް ޙާލަތްތަކުގައި މާ ކުޑަކޮށް ޙިމާޔަތް ލިބޭ) އެހެން ތަންތަނުގައި ހުރެދާނެ އެވެ. 

ތިބާގެ ޒާތީ މަޢުލޫމާތު ބޯޑަރު ހުރަސްކޮށް އަޅުގަނޑުމެން ނުވަތަ އަޅުގަނޑުމެންގެ ފަރާތުން ޓްރާންސްފަރކުރެވިއްޖެ ނަމަ، މި ޕްރައިވެސީ ޕޮލިސީ އާއި، ކަމާ ބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، ތިބާގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމަށް ޓަކައި، އަޅުގަނޑުމެން އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނަމުއެވެ. މި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ، ކޮކާ ކޯލާއާ އެފިލިއޭޓްވެފައިވާ ފަރާތްތަކާއި، އަޅުގަނޑުމެންގެ ސަޕްލަޔަރުންނާއި، ޕާޓްނަރުންގެ މެދުގައި ޒާތީ މަޢުލޫމާތު ޓްރާންސްފަރކުރުމުގެ ސްޓޭންޑަޑް ކޮންޓްރެކްޓް މާއްދާތަކަށް އެއްބަސްވުމެވެ. ވެފައިވާ ނަމަ، މި ކޮންޓްރެކްޓްތަކުން ޝަރުޠުކުރަނީ، އަޅުގަނޑުމެންގެ އެފިލިއޭޓްވެފައިވާ ފަރާތްތަކާއި، ސަޕްލަޔަރުންނާއި ޕާޓްނަރުން ކަމާބެހޭ ޕްރައިވެސީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމެވެ. 

ކޮކާ ކޯލާ އިން ޒާތީ މަޢުލޫމާތު ގެންގުޅޭ ގޮތް ބަޔާންކުރާ ޑޭޓާ ޕްރައިވެސީ ފްރޭމްވޯކް ޕްރައިވެސީ ޕޮލިސީ ކޮކާ ކޯލާ އިން އެމެރިކާގެ ޑިޕާޓްމެންޓް އޮފް ކޮމާސް އިން ކަނޑައަޅާފައިވާ ގޮތަށް، އެމެރިކާގައި އީޔޫ، ޔޫކޭ އަދި ސްވިޒަރލޭންޑް އިން، އީޔޫ-ޔޫއެސް ޑޭޓާ ޕްރައިވެސީ ފްރޭމްވޯކް، އީޔޫ-ޔޫއެސް ޑީޕީއެފް ގެ ޔޫކޭ އެކްސްޓެންޝަން، އަދި ސްވިސް-ޔޫއެސް ޑޭޓާ ޕްރައިވެސީ ފްރޭމްވޯކް ޑީޕީއެފް ފްރޭމްވޯކް). މި ޕޮލިސީގައިވާ ޝަރުޠުތަކާ ޑޭޓާ ޕްރައިވެސީ ފްރޭމްވޯކް ޕްރައިވެސީ ޕޮލިސީ ގެ ޝަރުޠުތައް ފުށުއަރާ ނަމަ، ހިނގާނީ ޑީޕީއެފް ޕްރައިވެސީ ޕޮލިސީ އެވެ. އެއީ ކޮކާ ކޯލާ އަށް ޒާތީ މަޢޫލޫމާތު ޑީޕީއެފް ފްރޭމްވޯކްގެ ދަށުން އެމެރިކާ ގައި ލިބެއެވެ. ޑޭޓާ ޕްރައިވެސީ ޕޮލިސީ އާ ބެހޭ ގޮތުން އޮޅުންފިލުވުމަށް އަދި އަޅުގަނޑުމެންގެ ސަޓިފިކޭޝަން ބެލުމަށް ވަންނަވާ https://www.dataprivacyframework.gov/.

ކްރޮސްބޯޑަރ ޒާތީ މަޢުލޫމާތު ޓްރާންސްފަރ އާ ގުޅޭ އަޅުގަނޑުމެންގެ ކޮންޓްރެކްޓާ މާއްދާތައް ނުވަތަ ރައްކާތެރިކަމުގެ އެހެން ކަންތައްތައް މުވާޞަލާތުކުރައްވާނީ privacy@coca-cola.com.

12. މި ޕްރައިވެސީ ޕޮލިސީ ބަދަލުވީ ކޮން އިރަކު ހެއްޔެވެ؟

ބަދަލުވަމުންދާ ޤާނޫނީ، ޓެކްނިކަލް ނުވަތަ ވިޔަފާރީގެ ކުރިއެރުންތަކުގެ އިޖާބައެއްގެ ގޮތުން، އެކި ވަގުތުން ވަގުތަށް އަޅުގަނޑުމެން މި ޕްރައިވެސީ ޕޮލިސީ އަދާހަމަކޮށްފާނަމުއެވެ. ޚިދުމަތުގެ ތެރެއިން ލިބެން ހުންނާނީ އަބަދު ވެސް އެންމެ ފަހުގެ ވާޝަން އެވެ.

އަޅުގަނޑުމެން މި ޕްރައިވެސީ ޕޮލިސީ އަދާހަމަކުރާ އިރު، އަދާހަމަކޮށްފައިވާ ވާޝަން އަޅުގަނޑުމެން ޕޯސްޓްކުރާނަމުއެވެ. އަދި އެ ތާރީޚު މަތީގައި ޖަހާނަމުއެވެ. ތިބާގެ ޕްރައިވެސީ ޙައްޤުތަކަށް އަސަރުކުރާ ކަމަށް އަޅުގަނޑުމެންނަށް ފެންނަ ބޮޑެތި ބަދަލުތައް ތިބާ އަށް ދުރާލާ އެންގުމަށް އަޅުގަނޑުމެން އެކަށީގެންވާ ފިޔަވަޅުތައް އަޅާނަމުއެވެ. އޭރުން، މުރާޖަޢާކޮށްފައިވާ ޕްރައިވެސީ ޕޮލިސީ ރިވިއުކުރުމުގެ ފުރުޞަތު އެއަށް ޢަމަލުކުރުމުގެ ކުރިން ތިބާ އަށް ލިބޭނެ އެވެ. ކަމާބެހޭ ޕްރައިވެސީ ޤާނޫނުތަކުގެ ދަށުން ތިބާގެ ރުހުން ހޯދަންޖެހޭ ނަމަ، މުރާޖަޢާކޮށްފައިވާ ޕްރައިވެސީ ޕޮލިސީ ތިބާގެ މައްޗަށް ހިނގުމުގެ ކުރިން އެ ބަދަލުތަކަށް ތިބާގެ ރުހުން ހޯދާނަމުއެވެ. އަދާހަމަކޮށްފައިވާ ވާޝަން ތިބާ އަށް އެނގޭކަން ޔަޤީންކުރުމަށް ޓަކައި، އާދަކޮށް މި ޕްރައިވެސީ ޕޮލިސީ ޗެކްކުރާށެވެ.

* * * * *

ތިރީގައި މިވަނީ މަތީގައި ބަޔާންކޮށްފައި ނުވާ އިހްތިސާސްތަކުގައި ތިޔަބޭފުޅުންގެ ޒާތީ މައުލޫމާތާ ގުޅޭ ކޮންޓްރޯލަރެއްގެ ގޮތުގައި މަސައްކަތްކުރާ ކޮކާ-ކޯލާގެ ފަރާތާ ބެހޭ އިތުރު މައުލޫމާތެވެ. 

ރިޕަބްލިކްއޮފް މޯލްޑިވްސް 
މާލޭ އޭރޭޓެޑް ވޯޓަރ ކޮމްޕެނީ  
ވަނަ ފަންގިފިލާ،  7  ވަނަ ފަންގިފިލާ،  6 ހ. ސިފާ، 
ބޮޑުތަކުރުފާނުމަގު، މާލެ، ދިވެހިރާއްޖާ