ޕަދްމަލް ސަމަރައްޕެރޫމާ

ނައިބު ރައީސް - ސްޓްރެޓެޖީ އެންޑް ބިޒްނަސް ޕްލޭނިންގ ކޮކާކޯލާ އިންޑިއާ އަދި ސައުތު ވެސްޓް އޭޝިއާ

ޕަދްމަލް ސަމަރަޕެރޫމާ އަކީ ކޮކާ-ކޯލާ އިންޑިއާ އެންޑް ސައުތު ވެސްޓް އޭޝިއާގެ ހެޑް އޮފް ސްޓްރެޓެޖީ އެންޑް ބިޒްނަސް ޕްލޭނިން އެވެ. މިހާރު އަދާކުރައްވާ މަގާމުގައި ޕަދްމަލްގެ ޒިންމާއަކީ ކުންފުނީގެ ކުރިއެރުމާއި ދެމެހެއްޓުމަށް ވިޔަފާރީގެ ސިޔާސަތުތައް ފަރުމާކުރުމާއި، މުއާމަލާތްކުރުމާއި، ތަންފީޒުކުރުމާއި، ދެމެހެއްޓުމެވެ.

​ ފައިނޭންސް، އޮޑިޓް އަދި ޕްރޮކިއުމަންޓް ފަދަ ވިޔަފާރީގެ ތަފާތު ފަންކްޝަންތަކުގައި މަސައްކަތްކުރައްވާފައިވާ ޕަދްމަލް އަކީ ކުންފުނީގެ ޕާފޯމަންސްގެ މަތީ ފެންވަރެއް ހޯދުމަށް އެހީތެރިވެދޭ ހަރުދަނާ ވިޔަފާރީގެ ފަންނުވެރިކަން ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ޕަދްމަލް އަކީ 24 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭގެ ތެރެއިން 18+ އަހަރު ހޭދަކުރައްވާފައިވަނީ ކޮކާ-ކޯލާގައިއެވެ.

​ ކުންފުންޏާ ގުޅިވަޑައިގަތީ 2003ގައި، ސްރީ ލަންކާގައި ހިންގި ބޮޓްލިންގ އޮޮޕަރޭޝަން މެދުވެރިކޮށެވެ. އެ ތަނުގައި އޭނާ ވަނީ މާލީ މަޤާމުތައް ފުރުއްވައި ފައިނޭންޝަލް ކޮންޓްރޯލަރގެ މަގާމު އަދާކުރައްވައިފައެވެ.

އެންމެ ފަހުން ޕަޑްމަލް ވަނީ 2008 ވަނަ އަހަރު ކެމްބޯޑިއާއަށް ބަދަލުވެ، ކޮކާ-ކޯލާ ކެމްބޯޑިއާގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ.

​ އެއަށްފަހު 2013 ވަނަ އަހަރުގެ މެއި މަހު 5 އަހަރުގެ ދައުރަކަށް ވިއެޓްނާމަށް ބަދަލުވެވަޑައިގަތީ ބިގް އިންޑޯޗައިނާގެ ޕްރޮކިއުމަންޓް ޑިރެކްޓަރުގެ މަގާމާއި އޭގެ ފަހުން ބިގް ވިއެޓްނާމްގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމާއި ހަވާލުވެވަޑައިގަތުމަށެވެ.

ފައިނޭންސް އެންޑް ޕްރޮކިއުމަންޓްގެ ދާއިރާއިން އިސް އެތައް މަޤާމުތަކެއް ފުރުއްވައި، ކޮމާޝަލް އެންޑް ޓްރެޜަރީގެ ފުން ޢިލްމާއި ތަޖުރިބާ ބޭނުންކުރައްވައިގެން، ފައިދާ އިތުރުކޮށް، ވިއެޓްނާމް، ކެމްބޯޑިއާ އަދި ސްރީ ލަންކާގެ އޮޕަރޭޝަންތަކުގެ ތެރެއިން ވިޔަފާރި ފުޅާކުރުމުގައި އެއްގޮތަކަށް ނަތީޖާ ނެރުމަށް އެހީތެރިވެދެއްވިއެވެ.

އިންޑިއާއަށް ބަދަލުވެވަޑައިގަތުމުގެ ކުރިން ބޮޓްލިންގ އިންވެސްޓްމަންޓްސް ގްރޫޕް - ސިންގަޕޫރުގެ ސްޓްރެޓެޖިކް އެންޑް ބިޒްނަސް ޕްލޭނިންގ ޑިރެކްޓަރ (+2 އަހަރު) ގެ މަގާމު އަދާކުރެއްވިއިރު، އެޓްލާންޓާއިން ސިންގަޕޫރަށް ބިގް ކޯޕަރޭޓް އޮފީސް ބަދަލުކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

​ ބިޒްނަސް ޕްލޭނިން ޕްރޮސެސްތައް ސިސްޓަމައިޒް ކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އިރު، ފައިދާ ރަނގަޅުވުން ހިމެނޭ ގޮތަށް ކުރިއެރުމާއި ނަތީޖާތައް ނެރެދެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

ސިސްޓަމާ ގުޅުމުގެ ކުރިން ޕަދްމާލް އުޅުއްވީ ހޮސްޕިޓަލިޓީ މެނޭޖްމަންޓް އަދި މާލީ ދާއިރާގައެވެ.

ލަންކާގެ ޔުނިވާސިޓީ އޮފް ސްރީ ޖަޔެވަރްދަނޭޕޫރާ އިން މެނޭޖްމަންޓްގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ހާސިލް ކުރައްވާފައިވާ އިރު، ޗާޓަޑް އިންސްޓިޓިއުޓް އޮފް މާކެޓިން (ސީއައިއެމް-ޔޫކޭ) އިން މާކެޓިންގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ހާސިލް ކުރައްވާފައިވެ އެވެ.

​ އަދި އޭނާ އަކީ، ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (ސީއައިއެމްއޭ-ޔޫކޭ)ގެ މެމްބަރެއްގެ އިތުރުން ސެޓްފިކެޓް މެނޭޖްމަންޓް އެކައުންޓެންޓްސް (ސީއެމްއޭ -އޮސްޓްރޭލިއާ) ގެ މެމްބަރެކެވެ.

ޕަދްމަލްގެ ޒުވާން ފިރިހެން ދަރިއަކު ހުންނައިރު، އޭނާއާއެކު ހުސްވަގުތު ހޭދަކުރަން ވަރަށް ލޯބިކުރެއެވެ.

އޭނާ އަކީ ކުޅިވަރަށް ޝައުގުވެރިވާ އަދި ފުޓްބޯޅަ، ކްރިކެޓް، ރަގްބީ ފަދަ ކުޅިވަރުތައް ކުޅެން ލޯބިކުރާ މީހެކެވެ.

މިއުޒިކާއި ދަތުރުކުރުމަށް އޭނާ ޝައުޤުވެރިވެއެވެ.