ދޭވްޔާނީ ރާޖްޔާ ލަކްޝްމީ ރާނާ
ނައިބު ރައީސް –ޕަބްލިކް އެފެއާޒް، ކޮމިއުނިކޭޝަންސް އެންޑް ސަސްޓެއިނަބިލިޓީ ކޮކާ-ކޯލާ އިންޑިއާ އަދި ދެކުނު ހުޅަނގު އޭޝިއާ، ނައިބު ރައީސް –ޕަބްލިކް އެފެއާޒް، ކޮމިއުނިކޭޝަންސް އެންޑް ސަސްޓެއިނަބިލިޓީ ކޮކާކޯލާ އިންޑިއާ އަދި ދެކުނު ހުޅަނގު އޭޝިއާ
ދޭވްޔާނީ ރާޖްޔާ ލަކްޝްމީ ރާނާ އަކީ އިންޑިއާ އާއި ހުޅަނގު ދެކުނު އޭޝިއާގެ ޕަބްލިކް އެފެއާޒް، ކޮމިއުނިކޭޝަންސް އެންޑް ސަސްޓެއިނަބިލިޓީގެ ނައިބު ރައީސްއެވެ. ދޭވްޔާނީ އަކީ ސަރުކާރާއިސަރުކާރުތަކާ މެދު އޮންނަ ގުޅުމާއި، ވިޔަފާރީގެ ކަންކަމާއި، ސްޓްރެޓެޖިކް ވިޔަފާރި ކުރިއެރުވުމާއި، ހިރާސްތައް ބެލެހެއްޓުމާއި، ކޮމިއުނިކޭޝަންސް، އިޖުތިމާއީ ޒިންމާ އަދި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން 25 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
އޭނާ އިސްކަންދެއްވާ ދާއިރާތަކުގެ ތެރޭގައި އިންޑިއާ އާއި އޭޝިއާ ބައްރުގައި ސިޔާސަތުތަކާއި ގާނޫނުތަކާއި ވިޔަފާރީގެ އެއްބަސްވުންތަކާއި ގަވާއިދުތަކާއި ކޯޕަރޭޓް ގުޅުންތަކާއި އިންވެސްޓްމަންޓްތަކަށް ވަކާލާތުކުރުން ހިމެނެއެވެ.
ކެޓަޕިލާ އިންކް އާއި 2014 ވަނަ އަހަރު ގުޅުނު އިރު، އޭނާ ވަނީ އިންޑިއާ އާއި އޭޝިއާ ބައްރުގެ ސަރުކާރާއި ކޯޕަރޭޓް އެފެއާޒް ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައެވެ.
ކެޓަޕިލާގައި ހޭދަކުރެއްވި ދުވަސްވަރު، ވިޔަފާރިއަށް ހުރި ހިރާސްތައް ކުޑަކުރެއްވީ އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތްކުރައްވައި ކުންފުންޏަށް ނޭދެވޭ އަސަރު ފޯރުވާފާނެ ސިޔާސަތުތަކާއި ގާނޫނުތަކާ ދެކޮޅަށް ވަކާލާތުކޮށް، ވިޔަފާރީގެ ފައިދާ އާއި ކުންފުންޏާ މެދު ދެކޭ ގޮތް ރަނގަޅުކުރެއްވުމަށެވެ.
ކާމިޔާބު ސިޔާސަތުތައް އެކުލަވާލައި، އުމްރާނީ ތަރައްގީގެ ވަސީލަތްތައް ކުރިއެރުވުމަށާއި، ވިޔަފާރި ފުޅާކޮށް، ވިޔަފާރީގެ ފައިދާ އިތުރުކޮށް، އުފެއްދުންތެރިން ރަނގަޅުކުރުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެއްވިއެވެ.
ދޭވްޔާނީ އަކީ ކޯޕަރޭޓް ސްޓްރެޓެޖީ އާއި ވިޔަފާރި ކުރިއެރުވުމަށް މަސައްކަތްކުރާ ޓީމުތަކުގައި މުހިންމު ފަރާތެވެ.
ޑިއުޓީ، ކަސްޓަމްސް، އެކްސްޕޯޓް ކޮންޓްރޯލް، ދަތިކުރުމުގެ ފިޔަވަޅުތަކާއި، މުދަލާއި ހިދުމަތްތަކާއި ޑޭޓާ އަދި އިންވެސްޓްމަންޓްތަކަށް އަސަރުކުރާ ގާނޫނީ މައްސަލަތައް ހިމެނޭ ގޮތަށް ބައިނަލްއަގްވާމީ ވިޔަފާރީގެ ސިޔާސަތާއި ގާނޫނުތަކާ ގުޅޭ އޯގަނައިޒޭޝަނަލް އެޑްވޮކޭޝަން ލީޑް ކުރެއްވިއެވެ.
އެތެރެ އާއި ބޭރުގެ، އަދި ބްރޭންޑް ކޮމިއުނިކޭޝަން ކަންކަން ލީޑް ކުރައްވައި، ވިޔަފާރީގެ ހެޔޮ ނަތީޖާތަކެއް ހޯދުމުގައި އެހީތެރިވި ކަންކަން ލީޑްކުރެއްވިއެވެ .
ގޮންޖެހުންތަކެއް ހުރި އަމާޒުތަކެއް ކަނޑައަޅައި، ނަޒާހަތްތެރިކަމާއި އެކު ވަރުގަދަ އަމާޒުތަކަކަށް ވާސިލްވެ، ނަތީޖާ ހާސިލްކުރުމަށް އިސްކަންދީގެން ތަސައްވުރު ކުރެއްސެވިއެވެ.
ދޭވްޔާނީ ވަނީ ވޯކްފޯސް ރެޑިނޭސް ރަނގަޅުކޮށް، ސްޓެމް ތައުލީމަށް އިސްކަންދީ، ގުދުރަތީ ވަސީލަތްތައް އަލުން އާލާކޮށް، އިންޑިއާ އާއި އޭޝިއާ ބައްރަށް ކޮންމެހެން ބޭނުންވާ ހިދުމަތްތައް ހޯދައިދިނުމަށް ތަފާތު ސީއެސްއާރު ޕޯޓްފޯލިއޯތަކެއް މެނޭޖްކޮށްފައެވެ.
ސީއެސްއާރު ކަންކަން އަވަސްކޮށް، އެކި ޕްރޮގްރާމްތަކާއި ޕާޓްނަޝިޕް ޕޯޓްފޯލިއޯތައް އަހަރުން އަހަރަށް ކުރިއެރުވުމަށް ސްޓްރެޓެޖިކް ލަނޑުދަނޑިތަކާއި މަގުސަދުތައް ކަނޑައެޅުއްވިއެވެ.
ތިންކް ލީޑަރޝިޕް ބައްދަލުވުންތަކުގައި ބައިވެރިވެ، ދިގުދެމިގެންދާ އިސްނެގުމެއް އުފެއްދުމަށް އެހެން ޑިޕާޓްމަންޓްތަކާއި ސިނާއަތްތަކާ ގުޅިގެން މަސައްކަތްތައް ކޯޑިނޭޓް ކުރެއްވި އެވެ.
ޑެވްޔާނީ ވަނީ އެސޯޗަމް، ފިސީ، އެމްޗެމް، ޔޫއެސްއައިއެސްޕީއެފް އެންޑް އައިސީއީއެމްއޭ ފަދަ އެކި ވިޔަފާރި ޖަމިއްޔާތަކާއެކު އެ ޖަމިއްޔާތަކުގެ މަސްލަހަތާއި އިސްކަންދޭ ކަންކަން ތަމްސީލުކޮށް، އިންޑިއާގައި ކޮންސްޓްރަކްޝަން އެންޑް މައިން އިންޑަސްޓްރީން އެ ތަކެއް ސިޔާސަތުތަކެއް އެކުލަވާލުމަށް ވަކާލާތުކުރުމުގައި ކާމިޔާބުކަމާއެކު އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައެވެ.
ކެޓަޕިލާ އިންކްއާ ގުޅުމުގެ ކުރިން ދޭވަޔާނީ ވަނީ އދ.، ވޯލްޑް އިކޮނޮމިކް ފޯރަމް، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި، އަމިއްލަ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވާފައެވެ.
ނޭޕާލަށް އުފަން ޑެވްޔާނީ ވަނީ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައިންސް (އެލްއެސްއީ) އިން ސައިންސަސް (ޑިވެލޮޕްމަންޓް އިކޮނޮމިކްސް އެންޑް ޑިވެލޮޕްމަންޓް މެނޭޖްމަންޓް ޑެސްޓިން) އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ؛
ނޭޕާލްގެ ޓްރިބުވާން ޔުނިވާސިޓީން އާޓްސް (އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ޕޮލިޓިކަލް ސައިންސް) އިން މާސްޓާސް ޑިގްރީ؛
އިންޑިއާގެ ދިއްލީ ޔުނިވާސިޓީގެ ލޭޑީ ޝްރީ ރާމް ކޮލެޖުން ބެޗްލަރ އޮފް އާޓްސް އޮނަރސް ޑިގްރީ (ޕޮލިޓިކަލް ސައިންސް.
އޭނާއަށް ލިބިވަޑައިގެންފައިވަނީ ފިރިހެން ދަރިއެކެވެ. އަދީދޭވް ދިރިއުޅެނީ ނިއުދިއްލީގައެވެ.
އާއިލާއާއެކު ރަނގަޅު ވަގުތު ހޭދަކުރަން އިސްކަމެއްދޭ، ކިޔުންތެރިކަމަށް ޝައުގުވެރިކަން ހުންނަ، ކެއްކުމަށް ލޯބިކުރާ އަދި ޓްރެކިން އާއި ދަތުރުފަތުރަށް ލޯބިކުރާ ފަރާތެކެވެ.