އެންރިކޭ އެކަރމަން

ނައިބު ރައީސް –ޓެކްނިކަލް އިނޮވޭޝަން އެންޑް ސަޕްލައި ޗޭން ކޮކާކޯލާ އިންޑިއާ އަދި ދެކުނު ހުޅަނގު އޭޝިއާ

މިހާރު އަދާކުރާ ވަޒީފާގައި، އެންރިކޭ ލީޑް ކުރަނީ ކުންފުނީގެ ބްރޭންޑްތައް ހިފަހައްޓައި، އެންމެންގެ ބައިވެރިވުން އޮންނަ ދެމެހެއްޓެނިވި މުސްތަގުބަލަކަށް އިންޑިއާ، ރާއްޖެ، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، އަދި ރާއްޖެ ހިމެނޭ ގޮތަށް، ވިޔަފާރީގެ އިސްކަންދޭ ކަންކަމުގައި ޓެކްނިކަލް، ސަޕްލައި ޗޭން، އިނޮވޭޝަން، ގަވަރނަންސް (ސަލާމަތާއި ރައްކާތެރިކަން އަދި ތިމާވެއްޓާ ގުޅުން ހުރި ކަންކަން) އަދި ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި ތަރައްގީގެ އިސްކަންދޭ ކަންކަމާ ގުޅުވައިދިނުމަށެވެ.

އެންރިކޭ އަކީ ލެޓިން އެމެރިކާ، އޭޕެކް އަދި މެދުއިރުމަތި ހިމެނޭ ގޮތަށް އެކި ސަރަހައްދުތަކުގައި ފައިނޭންސް، ޖެނެރަލް މެނޭޖްމަންޓް، ލޮޖިސްޓިކްސް، ސަޕްލައި ޗޭން، މެނުފެކްޗަރިން އަދި ކޮލިޓީ އެޝުއަރެންސްގެ ދާއިރާއިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މީހެކެވެ.

މީގެ 14 އަހަރު ކުރިން ކޮކާ-ކޯލާ ނިޒާމާ ގުޅުނު އިރު، މުޅި ސެންޓްރަލް އެމެރިކާ، ކެރިބިއަން އަދި ދެކުނު އެމެރިކާގައި ލޮޖިސްޓިކްސް، ސަޕްލައި ޗޭން، މެނުފެކްޗަރިން، އަދި ގަވަރނަންސް އާއި ގުޅުން ހުރި އެކި މަގާމުތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ.

​ އެންރިކޭ މީގެ ކުރިން މަސައްކަތް ކުރެއްވީ ބްރައިޓްސްޓާކޯޕް އިންޓަނޭޝަނަލް، މެކްޑޮނަލްޑްސް ބޮލީވިއާ، އަދި ޖެނެރަލް މޮޓޯސް ބޮލީވިއާ ފަދަ ކުންފުނިތަކުގައެވެ.

​ އާ އޮޕަރޭޝަންތައް ފެށުމާއި، އެ އޮޕަރޭޝަންތަކުގެ ދިގު މުއްދަތަކަށް ސަޕްލައި ޗޭން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ދެއްވުމުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ.

ކުންފުނިތައް ބިނާވެފައިވަނީ މީހުންގެ ވަށައިގެން ކަމުން، ކޮންމެ ކާމިޔާބު ގުޅުމެއްގެ އަސާސަކީ ހާމަކަން ބޮޑު މުވާސަލާތާއި ދެފަރާތުގެ އިތުބާރުގެ ބާރު ކަމަށް އޭނާ ގަބޫލުކުރައްވައެވެ. ޓީމުތަކުގެ ތެރޭގައި، އޯގަނައިޒޭޝަންތަކުގެ އިތުރުން ކަސްޓަމަރުންނާއި ކޮންސިއުމަރުންގެ ތެރޭގައި ވެސް މެއެވެ.

އެމެރިކާގެ ޓެކްސަސްގެ އޮސްޓިންއަށް އުފަން އެންރިކޭ ބޮޑުވީ ބޮލީވިއާގެ ސްޕެނިޝް ބަހުން ވާހަކަ ދައްކާ ގޭބިސީއަކަށެވެ.

​ ޔުނިވާސިޓީ އޮފް ޓެކްސަސް އެޓް އޮސްޓިން އިން އިކޮނޮމިކްސް އިން ބެޗްލަރސް ޑިގްރީ ހާސިލް ކުރައްވާފައިވާ އިރު، ހާވާޑް އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުން ސަޕްލައި ޗޭން އޮނަރސް މެންޝަން އާއި އެކު އެމްބީއޭ ހާސިލް ކުރައްވާފައިވެއެވެ. މިދިޔަ އަހަރުތަކުގެ ތެރޭގައި ސަޕްލައި ޗޭން އަދި ލީޑަރޝިޕްގެ އެކި ޕްރޮގްރާމްތަކުން ސެޓްފިކެޓްތަކާއި ޑިޕްލޮމާތައް ހާސިލް ކުރައްވާފައިވެއެވެ.

އެންރިކޭ ކައިވެނިބައްލަވައިގެން އުޅުއްވާއިރު، އޭނާ އާއި އޭނާގެ އަންހެނުން ވަނީ 3 ދަރިން ތަރުބިއްޔަތުކުރައްވާފައެވެ.