އަރުނަބް ރޯއީ

ކޮކާ-ކޯލާއިން އިންޑިއާ އަދި ދެކުނު ހުޅަނގު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް، މާކެޓިން

ގާތްގަނޑަކަށް 20 އަހަރު ވަންދެން ދަ ކޮކާ-ކޯލާ ކޮމްޕެނީގައި މަސައްކަތް ކުރައްވާފައިވާ އަރްނާބް ވަނީ ވަށާޖެހޭ ވިޔަފާރީގެ ވިސްނުމާ އެކު ބްރޭންޑްތައް އުފެއްދުމުގެ ތަޖްރިބާ ހޯއްދަވާފައެވެ. އޭނާ ވަނީ ދުނިޔޭގެ ފެންވަރުގެ އަދި ސަރަޙައްދީ ދައުރުތަކުގައި އެތަކެއް ސަރަޙައްދަކާއި ސަގާފަތްތަކެއްގައި ޓީމުތައް އުފައްދައި މާކެޓްކުރާ މީހުން ލީޑްކޮށްފައެވެ.

​ އަރްނާބް މިހާރު ހުންނެވީ އިންޑިއާ އަދި ދެކުނު ހުޅަނގު އޭޝިއާ އޮޕަރޭޓިން ޔުނިޓް (ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިމެނޭ 9 އޮޕަރޭޓިން ޔުނިޓްގެ ތެރެއިން އެއް ޔުނިޓް)ގެ ރީއޮގަނައިޒްޑް މާކެޓިން ޑިޕާޓްމަންޓްގެ އިސްވެރިޔާގެ މަގާމުގައެވެ. ހިއުމަން އިންސައިޓްސް، އިންޓަގްރޭޓެޑް މާކެޓިން އެކްސްޕީރިއަންސް، ޑިޖިޓަލް މާކެޓިން، ރީޖަނަލް މާކެޓިން، އަދި މާކެޓިން އޮޕަރޭޝަންސް އަކީ ޓީމް ލީޑަރެއްގެ ގޮތުގައި އޭނާ ބަލަހައްޓާ ފަސް ބައެވެ.

ކޮކާ-ކޯލާގެ ގްލޯބަލް ބްރޭންޑް ހެޑްގެ ގޮތުގައި އަރްނާބް ވަނީ ކޮކާ-ކޯލާގެ ދިގު މުއްދަތުގެ ކުރިއެރުމުގެ ސިޔާސަތަތުތައް އެކަށައަޅައި، މުޅި ލެޓިން އެމެރިކާ، ޔޫރަޕް، އަދި އޮސްޓްރޭލިއާގައި ކޮކާ-ކޯލާ ޒީރޯ/ނޯ ޝުގާގެ ވައްތަރުތަކުގެ ވިޔަފާރި ފުޅާކުރުމުގައި ހަރަކާތްތެރިވެވަޑައިގެންފައެވެ .

​ އާސިއާން ބީޔޫގައި ހުންނަ ސްޕާކްލިން ބެވަރޭޖްސްގެ ސީނިއާ ޑިރެކްޓަރުގެ ހައިސިއްޔަތުން އަރްނާބް ވަނީ ފިލިޕީންސް، ތައިލެންޑް، އަދި އިންޑޮނޭޝިއާ ހިމެނޭ ގޮތަށް 12 އަށް ވުރެ ގިނަ ގައުމުގައި 3 ބިލިއަން ޑޮލަރުގެ ސްޕާކްލިން ބެވަރޭޖް ވިޔަފާރިއެއް ލީޑް ކުރައްވާފައެވެ.

އަރްނާބް ވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ގްލޯބަލް މާކެޓިން ޕްރޮގްރާމް ލީޑްކުރައްވާފައެވެ. އެއީ 185 އަށް ވުރެ ގިނަ ގައުމުގައި އެކްޓިވޭޓް ކުރި އެ ކުންފުނީގެ އެންމެ ބޮޑު އިންޓަގްރޭޓެޑް ޕްރޮގްރާމްތަކުގެ ތެރެއިން އެއް ޕްރޮގްރާމް އެވެ.

​ އަރްނާބް ވަނީ 2001-2011އާ ދެމެދު ހިނގައިދިޔަ 10 އަހަރުގެ ތެރޭގައި ވަނީ މާކެޓިން، ސޭލްސް އަދި ޕްރޮޑަކްޓް ޑިވެލޮޕްމަންޓްގެ ތަފާތު މަގާމުތައް އިންޑިއާގައި ފުރުއްވާފައެވެ އޭނާ އިސްކޮށް ހުންނަވައިގެން ހިންގި މުހިންމު ބައެއް މަޝްރޫއުތަކުގެ ތެރޭގައި އިންޑިއާގައި މިނިޓް މެއިޑް ޖޫސް ލޯންޗުކުރުމާއި، މާޒާ ބްރޭންޑް ޕެޓް ފުޅީގައި ލޯންޗުކޮށް އެ ބްރޭންޑް ފުޅާކުރުމާއި، އިންޑިއާގެ ފުރަތަމަ ރިއަލިޓީ ޓީވީ ޝޯ ކޯކް ވީ ޕޮޕްސްޓާސް އެކްޓިވޭޓްކުރުން ފަދަ ކަންކަން ލީޑްކުރައްވާފައެވެ.

އަރްނާބަކީ ކުޅިވަރަށް ޝައުގުވެރިވާ ބޭފުޅެކެވެ. އޭނާ އަކީ އަމިއްލަ ހައިސިއްޔަތުން ވެސް އިންޑިއާގެ ކުޅިވަރުގެ ދާއިރާ މެދުވެރިކޮށް ތަރައްގީގެ ބައެއް ޕްރޮގްރާމްތަކުގައި އަމިއްލައަށް ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ.

​ ފީފާ އާއި އޯލް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނާ ގުޅިގެން 2017 ވަނަ އަހަރު 17 އަހަރުން ދަށުގެ ފީފާ ޑަބްލިއުސީ އިންޑިއާއަށް ގެނައުމަށް މަސައްކަތް ކުރެއްވިއެވެ.

އަރްނާބް ކޮކާ-ކޯލާ ކުންފުންޏާ ގުޅިވަޑައިގަތީ އަހުމަދުއާބާދުގެ އިންޑިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓުން 2001 ވަނަ އަހަރު އެމްބީއޭ ފުރިހަމަ ކުރެއްވުމަށްފަހު މެނޭޖްމަންޓް ޓްރެއިނީއެއްގެ ގޮތުގައިއެވެ.

​ އަރްނާބް ވަނީ އޭނާގެ އެގްޒެކެޓިވް އެމްބީއޭ ހާވާޑް ބިޒްނަސް ސްކޫލުން 2017 ގައި ހސލުކުރައްވާފައެވެ.