ކުޑަހުވަދޫއިން ދައްކުވައިދެނީ މުޖުތަމައު އިސްވެ ކުރިއަށްގެންދާ ކުނި މެނޭޖްކުރުމުގެ ކާމިޔާބު ޕްރޮގްރާމެކެވެ

09/01/2021

ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސަރަހައްދީ އިގްތިސާދީ މަރުކަޒެއް ކަމަށްވާ ކުޑަހުވަދޫއަކީ ކުނި މެނޭޖްކުރުމުގެ ލީނިއާރ "ޔޫސް އެންޑް ޑިސްޕޯސް" މެތަޑަކުން ވަށާޖެހުފައިވާ އިގްތިސާދަކަށް ބަދަލުވުމަށް މުޖުތަމައުގެ ބައިވެރިވުމާއި ޕާޓްނަރުންގެ ވަސީލަތްތައް ބޭނުންކުރުމުގައި މިސާލެއްގެ ގޮތުން ކުރިއަރަމުން އަންނަ ރަށެކެވެ.

​މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (އެމްއޯޕީއޭ) އިން ފެށި މޮޑެލް އައިލެންޑް ޕްރޮޖެކްޓުގެ ފުރަތަމަ ރަށަކަށް 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ދާލު އަތޮޅުގެ ކުޑަހުވަދޫ ވެގެން ދިޔައެވެ.​

މުހިއްމު ބައިވެރިން ކަމަށްވާ ކޮކާކޯލާ އާއި ދިވެހިރާއްޖޭގައި ހުންނަ ބޮޓްލިންގ ޕާޓްނަރ ކަމުގައިވާ މާލެ އެރޭޓެޑް ވޯޓަރ ކޮމްޕެނީއާ ގުޅިގެން މޯޕާ އިން ‘އޮން ދަ ގްރައުންޑް، އިން ދަ ސީ: ތައާރަފްކުރިއެވެ.

​ ކުޑަހުވަދުއަކީ ކުނި ވަކިކުރުމުގެ ނަމުނާ ޕްރޮގްރާމެއް ކުރިއަށް ގެންދާ ރަށެކެވެ.

“އަޅުގަނޑުމެންގެ ރަށުގައި އަޅުގަނޑުމެން ތަންފީޒު ކުރަމުންދާ ކަންކަމަކީ އަޅުގަނޑުމެންގެ ރައްޔިތުންނަށް ތިމާވެށީގެ ކަންކަން ބެލެހެއްޓުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމެކެވެ.

​ އަޅުގަނޑުމެންގެ ބައިވެރިންގެ ދީލަތި އެއްބާރުލުމާއެކު މި މޮޑެލް އައިލެންޑް ސިސްޓަމްގެ ކުރިއެރުން ހޯދަމުން ދިޔަ ނަމަވެސް، އަޅުގަނޑުމެންގެ އުންމީދަކީ، ޕްލާސްޓިކް ކުންޏަށް ވަށާޖެހުފައިވާ އިގްތިސާދެއް އުފައްދައި، އަޅުގަނޑުމެންގެ ސާފު މާހައުލު ރައްކާތެރިކުރުމަށް ދާލު އަތޮޅުގެ އެހެން ރައްތަކުން ވެސް މި އިސްނެގުމުގައި ބައިވެރިވުމެވެ.

ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ ވިދާޅުވިއެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން މޯޕާއިން ވަނީ އެރަށު ކައުންސިލަށް ކަލެކްޝަން ބިންތައް ފޯރުކޮށްދީފައެވެ.

​ އެއަށްފަހު ދާލު އަތޮޅު ތައުލީމީ މަރުކަޒުން ވަނީ ކުނި މެނޭޖުކުރުމާއި އުފެދޭ ކުނި ވަކިކުރުން އަދި އަލުން ބޭނުން ކުރުމާ ބެހޭ ގޮތުން މުޖުތަމައު ހޭލުންތެރިކުރުމަށް ޕްރޮގްރާމެއް ހިންގާފައެވެ.

​ މި ސެޝަންގައި މަރުކަޒުގެ ދަރިވަރުންނާއި، އެ ދަރިވަރުންގެ ބެލެނިވެރިންނާއި، ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

​ ރަށުގެ މުހިންމު ތަންތަނުގައި ބިލްބޯޑް ބެހެއްޓުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ދަރިވަރުންނަށް މުބާރާތްތައް ބޭއްވުން ފަދަ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދެއެވެ.

“ކޮންމެ އިސްނެގުމެއް ވެސް ކާމިޔާބުވުމަށް ޓަކައި، އޭގެ ވަސީލަތްތަކާއި ހިންގުމާއި ޢިލްމުގެ މިލްކުވެރިކަން ރައްޔިތުންނަށް މިހާލަތުގައި ކުޑަހުވަދޫ ރައްޔިތުންނަށް، ބަދަލުކުރަން ޖެހޭނެއެވެ.

​ މިކަމުގެ ސަބަބުން ކޮންމެ ފިޔަވަޅެއް ވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ.

​ އަޅުގަނޑުމެން ބޮޓޮމް އަޕް އެޕްރޯޗް ގެންގުޅުނީ އެހެންވެ،” މޯޕާގެ ފައުންޑަރ އަދި ޗެއާމަން ތޯރިޤު އިބްރާހިމް ވިދާޅުވި އެވެ. . “ކުޑަހުވަދޫ ވެގެން ދިޔައީ ގޭބިސީތަކުގެ ފެންވަރުގައި ވަކިކުރުން ހިމެނޭ ގޮތަށް ކުނި މެނޭޖްކުރުމުގެ އާ ގަވާއިދަށް ފުރިހަމައަށް އަމަލުކުރި ފުރަތަމަ ރަށަށެވެ. މިއީ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

2022 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ގޭބިސީތަކުގެ ފެންވަރުގައި ކުނި ވަކިކުރުން ދިވެހި ސަރުކާރުން ލާޒިމު ކުރުމުގެ ކުރިން ވެސް މި ޕްރޮގްރާމުގައި 1،000 އަށް ވުރެ ގިނަ ޑަސްބިން އެ ރަށަށް ވަނީ ފޯރުކޮށްދީފައެވެ.

ކޮންމެ ގޭބިސީއަކަށް ވެސް ދެ ޑަސްޓްބިން އާއި ހަތަރު ގަނީ ކޮތަޅު ދީފައި ވަނީ ކުނި މައިގަނޑު ހަތަރު ކެޓަގަރީއަކަށް ބަހާލުމަށް:

އޯގަނައިކް ކުނި، ޕްލާސްޓިކް، ދަގަނޑު އަދި ބިއްލޫރި، އަދި އެހެނިހެން (މިކްސްޑް ވޭސްޓް)އެވެ.

މިކަމުގެ ސަބަބުން ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒަށް ކުނި އެއްކުރުމާއި ބެލެހެއްޓުމުގެ ފުރުސަތު ފައިދާހުރި ގޮތެއްގައި ކުރެވޭނެ އެވެ.

ވަކިކޮށްފައިވާ ކުނި ގޭބިސީތަކުން އެއްކޮށް، ރަށު ކައުންސިލުން ހިންގާ ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު (ކޭޑަބްލިއުއެމްސީ) އަށް، ދުވަހުން ދުވަހަށް ގެންދެއެވެ.

މި މަޝްރޫއު ފެށިފަހުން ކުޑަހުވަދޫ އިން ވަނީ 8.7 ޓަނުގެ ޕްލާސްޓިކް ކުނި އެއްކުރެވިފައެވެ.

މި މަޝްރޫއުގެ ލޮޖިސްޓިކްސް ޕާޓްނަރުގެ ހައިސިއްޔަތުން ރާއްޖޭގައި ހުންނަ ކޮކާކޯލާއިން އެއްކުރާ ޕީއީޓީ ފުޅިތައް ކުޑަހުވަދޫ އިން ވެރިރަށް މާލެ ގެންދިއުމުގައި މޯޕާއަށް އެހީތެރިވެދެއެވެ.

ޕީއީޓީ ފުޅިތައް – ދުނިޔޭގައި އެންމެ ގިނައިން ރީސައިކަލް ކުރެވޭ ޕްލާސްޓިކް – ޕާލީ މޯލްޑިވްސްއާ ހަވާލުކުރެވިގެންދަނީ ރީސައިކަލްކޮށް ބްރޭންޑް ކޮށްފައިވާ ފައިވާން، ސްވިމިންގ ވޭއާ އަދި ގަމީސް ފަދަ ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތި އަޕްސައިކަލް ކުރުމަށް އެކްސްޕޯޓްކުރުމަށެވެ.

“ކޮކާކޯލާ އަކީ ކުނި މަދުކުރުމާއި، ވަސީލަތްތަކާއި އުފެއްދުންތައް އަލުން ބޭނުންކުރުމާއި ރީސައިކަލް ކުރުމުގެ އުސޫލުތަކަށް ވައުދުވެފައިވާ ކުންފުންޏެކެވެ.

ރާއްޖޭގައި އަޅުގަނޑުމެންގެ ޕެކޭޖިންގ ބޭނުންކުރުމުގެ ވަށައިގެން ވަށާޖެހިފައިވާ އިޤްތިޞާދެއް އުފެއްދުމަށްޓަކައި ޑިޒައިން، ކަލެކްޓް އަދި ޕާޓްނަރގެ ސްޓްރެޓެޖިކް ތަނބުތަކުގެ ދަށުން ކެރިގެން ފިޔަވަޅުތަކެއް އަޅަމުން މިދަނީ،” ރާއްޖޭގައި ހުންނަ ކޮކާކޯލާގެ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވިއެވެ. . “ޕްލާސްޓިކް ކުނި ހައްލުކުރުމަށް އަމަލީ ހައްލުތަކެއް ހޯދައިދިނުމުގައި ހަރަކާތްތެރިވާ މޯޕާ ފަދަ ލޯކަލް ޖަމިއްޔާތަކާ އެކު ވަރުގަދަ ޕާޓްނަޝިޕްތަކެއް ގާއިމްކޮށް، މި ޕާޓްނަޝިޕްތަކުގެ އުއްމީދީ ނަތީޖާތައް ފެނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.”

“ކޮކާކޯލާ އާއި އެމްއޭޑަބްލިއުސީ ގުޅިގެން މަސައްކަތް ކުރަމުންދަނީ ރަނގަޅު، ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް.

"ކޮކާކޯލާ އާއި މުސްލިމް އެމެރިކަން ވިމެންސް ކައުންސިލުން ގުޅިގެން އަންނަނީ ރަނގަޅު، ދެމެހެއްޓެނިވި މުސްތަގުބަލެއް ހޯދުމަށެވެ. މީހުންގެ ދިރިއުޅުމާއި، މުޖުތަމައުތަކާއި، ތިމާވެށި ރަނގަޅު ކުރުމަށް އަޅުގަނޑުމެން އިސްކަންދެނެ” މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު އިތުރަށް ވިދާޅުވި އެވެ.

. “ކުޑަހުވަދޫގައި ހިންގި މޮޑެލް އައިލެންޑް ޕްރޮޖެކްޓުން ސާބިތުވެގެން ގޮސްފައިވަނީ ޕްލާސްޓިކާ ގުޅިފައިވާ ވަށާޖެހޭ އިގްތިސާދެއް އުފެއްދުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި ފިޔަވަޅު އަޅަން ކޮމިއުނިޓީތައް ބާރުވެރިކުރުވައިގެން ކިހާވަރަކަށް ތަފާތު އަންނާނެ ކަމެވެ.

​ މޮޑެލް އައިލެންޑް ޕްރޮގްރާމް ފުޅާކުރުމުގައި މޯޕާއަށް އެހީތެރިވުމަށް އަޅުގަނޑުމެން އިންތިޒާރު ކުރަމެވެ.”