ގްރޭޝްމާ ސިންގ

ނައިބު ރައީސް – ކަސްޓަމަރ އެންޑް ކޮމާޝަލް ލީޑަރޝިޕް ކޮކާ-ކޯލާ އިންޑިއާ އަދި ދެކުނު ހުޅަނގު އޭޝިއާ

ގްރޭޝްމާ ސިންގް އަކީ – ކޮކާ-ކޯލާ އިންޑިއާ އަދި ދެކުނު ހުޅަނގު އޭޝިއާގެ ނައިބު ރައީސް - ކަސްޓަމަރ އެންޑް ކޮމާޝަލް ލީޑަޝިޕް.

​ މިހާރު އަދާކުރާ ވަޒީފާގައި ގްރޭޝްމާ ލީޑް ކުރައްވަނީ، ރެވިނިއު ގްރޯތު މެނޭޖްމަންޓް (އާރުޖީއެމް)، ވެލިއު ޓު މާކެޓް (ވީޓީއެމް)، ކަސްޓަމަރ ވެލިއު ކްރިއޭޝަން (ސީވީސީ)ގެ އިތުރުން، އޮޕަރޭޓިން ޔުނިޓްތަކުގެ ތެރެއިން ގަދަ 50 ޔުނިޓަށް އަދި އިންޑިއާއިން ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 10 އިންސައްތައަށް ޒިންމާވާ ގޮތަށް އަލަށް އުފެއްދި ކަސްޓަމަރ މެނޭޖްމަންޓް ގުރޫޕެވެ.

ގްރޭޝްމާ އިންޑިއާ އާއި އޮސްޓްރޭލިއާގައި ކޮކާ-ކޯލާ ނިޒާމާ އެކު މަސައްކަތް ކުރައްވާތާ މިހާރު 11 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

​ މިހާރު އަދާކުރައްވާ ޒިންމާތައް ނެންގެވުމުގެ ކުރިން އޭނާ ވަނީ އިންސައިޓްސް، މާކެޓިން އަދި ސްޓްރެޓެޖީގެ ތެރެއިން އެކި ރޯލްތައް އަދާކުރައްވާފައެވެ.

​ މީގެ ކުރިން އޭނާ އަދާކުރެއްވި މަގާމުތަކުގައި، ސައުތު ޕެސިފިކް ބިޒްނަސް ޔުނިޓްގެ ސްޓްރެޓެޖީ އެންޑް އިންސައިޓްސް ލީޑް ކުރެއްވި އިރު، އޮސްޓްރޭލިއާގައި މި ނިޒާމަށް ދިގު މުއްދަތުގެ ކުރިއެރުމުގެ ސްޓްރެޓެޖީއެއް ކަނޑައެޅުމުގައި އިސްކޮށް އުޅުއްވިއެވެ.

ކޮކާ-ކޯލާއާ ގުޅިވަޑައިގަތުމުގެ ކުރިން ގްރޭޝްމާ އޭނާގެ ކެރިއަރު ފެއްޓެވީ ކުޑަ ވިޔަފާރިވެރިއެއްގެ ގޮތުގައި - އާއިލާއާ އެކު އިންޑިއާގައި ކާމިޔާބު ފްރެންޗައިޒް ރެސްޓޯރެންޓް ވިޔަފާރިއެއް ގާއިމް ކުރުމުގެ މަސައްކަތުގައެވެ.

​ މި ތަޖުރިބާގެ ސަބަބުން އާއިލާއެއް ފަދަ އިހުސާސެއް ކުރެވޭ މަތީ ފެންވަރުގެ ޓީމުތަކަށް ޝައުގުވެރިކަން އުފެދި، ވިޔަފާރިވެރިކަމުގެ ޖަވާބުދާރީވުމުގެ ވަރުގަދަ ބިންގަލެއް އެޅިފައިވެއެވެ.

އިންޑިއާއަށް އުފަން ގްރެއިޝްމާ ވަނީ ނޭޕާލް، އެމެރިކާ އަދި އޮސްޓްރޭލިއާގައި ދިރިއުޅުއްވާފައެވެ.

​ ކޮލޮރާޑޯ ކޮލެޖުން އިނގިރޭސި އަދަބިއްޔާތުން ބެޗްލަރސް ޑިގްރީ ހާސިލް ކުރައްވާފައިވާ އިރު، ހައިދަރުއާބާދުގެ އިންޑިއަން ސްކޫލް އޮފް ބިޒްނަސް އިން އެމްބީއޭ ހާސިލް ކުރައްވާފައިވެއެވެ.

ވަޒީފާއިން ބޭރުގައި ގްރޭޝްމާ އަކީ ދެ ފިރިހެން ދަރިން ކަމަށްވާ އަޔާން އެންޑް އަވީގެ ފަޚުރުވެރި މަންމައެވެ.

​ ހުސް ވަގުތުތަކުގައި، ފިރިމީހާ އާއި އާއިލާގެ މީހުންނާ އެކު ކެއުމާއި ކެއްކުމާ އަދި އެ ކަންކަމާ ގުޅޭ ގޮތުން ހިޔާލު ބަދަލުކުރުމަށް އޭނާ ވަރަށް ގަޔާވެއެވެ!